އިނގުރަކީ ގަދީމީ ޒަމާނުން ފަށައިގެންވެސް ޗައިނާގެ ބޭސްވެރިކަމުގައި މުހިއްމު ބާވަތެކެވެ. އިނގުރަކީ އިންސާނުންގެ ސިއްޙަތަށް ނުހަނު ބޭނުންތެރި އަދި ކޮންމެ ދުވަހަކުވެސް ބޭނުންކުރަން ރަނގަޅު ކާނާއެކެވެ. ތިރީގައި މިވަނީ އިނގުރުންލިބޭ ތަފާތު ފައިދާތަކެވެ.
ތަދުކަނޑުވައިދޭ
އިނގުރަކީ ޖިންޖަރރޯލްސް ކިޔާ މާއްދާއެއް އޭގައި ހިމެނުމުގެ ސަބަބުން ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ތަންތަނާއި ތަދުވެފައިވާ ތަންތަނުން ތަދު ކަނޑުވައިދޭ އެއްޗެކެވެ. އިނގުރު ހަށިގަނޑުގެ އެތެރެއަށް ފޮނުވުމުގެ ނުވަތަ ކެއުމުގެ ސަބަބުންނާއި ހަލާކުވެފައިވާ ތަންތަނުގައި އުނގުޅުމުގެ ސަބަބުން ތަދު ކަނޑުވައިދީ އެތަނެއް ފަސޭހަކުރުމަށް އަވަސްކޮށްދެއެވެ. ހަލާކުވެފައިވާ ނުވަތަ ރަތްވެފައިވާ ހަންގަޑުވެސް އިނގުރު ކެއުމުންނާއި އުނގުޅުމުގެ ސަބަބުން ރަނގަޅު ކޮށްދެއެވެ. މައްސަރު ކަންތައްޖެހިފައިވާ ދުވަސްވަރު އިނގުރު ކެއުން ގިނަކުރާށެވެ. ތަދުކެނޑުމަށް އަވަސް ހައްލެއް ލިބިގެން ދާނެއެވެ.
ކެންސަރުން ދުރުކޮށްދިނުން
އިނގުރަކީ ބައިވަރު އެނޓިއޮކްސިޑޭންޓް ކޮށްދޭ މާއްދާ ހުރުމުގެ ސަބަބުން ހަށިގަނޑުގައި އުފައްދާ ކެންސަރ ސެލްތަކާއި ދެކޮޅަށް ހަނގުރާމަކޮށްދީ ކެންސަރުން ދުރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ފަންގަސްތަކާއި ބެކްޓީރިއާ ތަކާއި ދެކޮޅަށް މަސައްކަތްކުރާ ބާރު އިނގުރުގައި ގިނައިން ހުރުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ބާރުވެސް ގަދަކޮށްދެއެވެ. ލުނބޯހުތްކޮޅަކާއި މާމުއިކޮޅެއް އިނގުރުކޮޅަކާއިއެކު ހޫނު ފެނުގައި ބެހެއްޓުމަށްފަހު ކޮންމެ ދުވަހަކުވެސް ބޯލާށެވެ.
ޒުވާންކަން ދެމެހެއްޓުން
ޒުވާންކަން ދެމެހެއްޓުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ އަދި ނަފްސާނީ ގޮތުންވެސް ތިމާ ދުޅަހެޔޮ މީހަކަށް ވުމަށް އެހީވެދޭ ކަމެކެވެ. އިނގުރަކީ އޭގައި ހުންނަ އެންޓިއޮކްސިޑޭންޓްގެ ސަބަބުން މޫނަށާއި ހަންގަނޑަށް ތާޒާކަމާއި ޒުވާންކަން ގެނެސްދޭ އެއްޗެކެވެ. ދިރާސާތަކުން ދައްކާގޮތުގައި އެންޓިއޮކްސިޑޭންޓް އަކީ އިރުގެ އަލިން ހަންގަނޑަށް ލިބޭ ގެއްލުންތައް ރަނގަޅުކޮށްދޭ މާއްދާއެކެވެ. އަދި ދިރިއުޅޭ މާހައުލުގެ ނުސާފުކަމުންނާއި ގަދަވައިގެ ސަބަބުން ހަންގަނޑުގައި އުފެދޭ ކުރަކިވުމާއި، ހަލާކުވުމާއި އަދި އެނދުން ކަހަލަ ކަންކަން ރަނގަޅުކޮށްދޭ އެއްޗެކެވެ. އެއީ ހަނގަޑަށް ބޭނުންވާ ކޮލީޖަން، ހަންގަޑުގެ އޮމާންކޮށް ހަންގަޑުގައި ހުންނަންޖެހޭ ދެމޭގޮތްވެސް (އިލާސްޓިކް) ރަނގަޅުކޮށްދޭ އެއްޗެކެވެ.
ހަޖަމުކުރަން އެހީތެރިވުން
ބޮޑެތި ކެއުންގަނޑުތައް ކައިގެން އިނގުރު ސައިތައްޓެއް ބޯލުމުން ބައެއްމީހުންނަށް ބަނޑަށް އުނދަގޫވެއެވެ. ހަޖަމުކުރަން އެހީތެރިވެދެއެވެ. ބަނޑަށް އުނދަގޫކުރާ ވައި އެރުން ދުރުކޮށް ދިނުމާއި ކާތަކެތި އަވަހަށް ހަޖަމުކުރަންވެސް އިނގުރު އެހީތެރިވެދެއެވެ. މީގެ އިތުރުން ހޮޑުލަވާގޮތް ވުމުންވެސް ދުރުކޮށްދޭ އެއްޗެކެވެ.
ކޮލެސްޓްރޯލް މަދުކޮށްދޭ
އިނގުރަކީ ހަށިގަނޑުގައި އުފެދޭ ނުރައްކާތެރި ކޮލެސްޓްރޯލް އުފެއްދުން މަދުކޮށްދިނުމަށް އެހީތެރިވެދޭ ކާނާއެކެވެ. އޭގެ ސަބަބުން ހިތުގެ ބަލިތަކުންވެސް ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު 3 ގުރާމް އިނގުރު ދުވާލަކު 3 ފަހަރު ކާމީހެއްގެ ކޮލެސްޓުރޯލް އުފެއްދުން ދަށްކޮށްދެއެވެ.
