(3 މެއި 2022 ނޫހާއިގުޅޭ)
20. އެއްވެސް މީހަކަށް ހުރިހައި އުފަލެއް ނުލިބޭނެއެވެ.
ދިރިއުޅުން ސަތޭކަ އިންސައްތައަށް ފުރިހަމަވާނެކަމަށް ގަބޫލުކުރުމަކީ ވަރަށްބޮޑު މޮޔަކަމެކެވެ. މިއީ ހަމައެކަނި ސުވަރުގޭގެ ޝަރުޠެކެވެ. އެކަމަކު އުފަލަކީވެސް މިދުނިޔޭގައި ވާކަމެކެވެ. އެކަމަކު އަބަދުވެސް އުފަލެއް ނުލިބޭނެއެވެ. އަބަދުވެސް ކޮންމެވެސް އެއްމައްސަލައެއް މިދުނިޔޭގައި ވެއެވެ. ބަލިވުން ނުވަތަ ނަސީބު ދެރަވުން އަދި އިމްތިޙާން ކުރެއްވުން މިދުނިޔޭގައި ލައްވާފައިވެއެވެ. އެފަދަ ވަގުތެއްގައި ޝުކުރުވެރިކަމާއެކު ހިތްވަރާއި ކެތްތެރިކަމުން އުނދަގޫތަކާއި ކުރިމަތިލާށެވެ. މާ ވިސްނޭ މީހަކަށްވެގެން ބަލިނުވާނެކަމާއި މުއްސަނދި ވާންޖެހޭ ކަމާއި ފިރިމީހާ މާފުރިހަމަ ވާންޖެހޭކަމާއި ރައްޓެހިންގެ ފަރާތުން ކުށްތައް ފެންނަން ނުޖެހޭނެކަން ގަބޫލު ނުކުރާށެވެ. އެއީ ހިނގާނެ ކަންކަމެވެ. އެއީ މިދުނިޔޭގައި ލައްވާފައިވާ ކަންކަމެވެ.
ކަންކަމާމެދު ނުބައި ވިސްނުން ދޫކޮށްލައި ރަނގަޅު ވިސްނުން ގެންގުޅެން ދަސްކުރާށެވެ. ކުށްވެރިކުރުން ދޫކޮށްލާށެވެ. މީހުންނާމެދު ރަނގަޅުވިސްނުން ގެންގުޅޭށެވެ. ކުށެއްކުރެވުނަސް އެމީހުނަށް ފުރުޞަތުދޭށެވެ. އެކަމަކު ﷲ އަށް ބަރޯސާވާށެވެ. ސަބަބަކީ އިންސާނުންނަކީ ބާރެއްދެވުމުން އިތުބާރު ގެއްލުވައިލާ ބައެކެވެ.
﴿ إِنَّهُمْ لَن يُغْنُوا عَنكَ مِنَ اللَّهِ شَيْئًا ۚ وَإِنَّ الظَّالِمِينَ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۖ وَاللَّهُ وَلِيُّ الْمُتَّقِينَ ﴾
" ހަމަކަށަވަރުން، އެއުރެންނަކަށް اللَّه ގެ حضرة ން ކަލޭގެފާނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި ހަމަކަށަވަރުން، އަނިޔާވެރިންނީ އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިންނެވެ. އަދި اللَّه އީ، تقوى ވެރިންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ." (އަލް ޖާޘިޔާ ސޫރަތް 19)
އެއްވެސްކަމެއް އެއްވެސް އެއްޗެއް ދިރިއުޅުމުގެ އަނދިރި ފަރާތުން ހޯދަން ނޫޅޭށެވެ. އަލިކަން ލައްވާފައިވެއެވެ. ހަމައެކަނި ކުރަން ޖެހޭކަމަކީ އަލި ދިއްލައިލުމެވެ. އަދި އޭގެ ވިދުން ބަލަންހުރުމެވެ.
21. ޢިލްމުގެ ބަގީޗާތެރެއަށް ވަންނާށެވެ.
އެންމެ ބޮޑު އުފަލަކީ އިސްލާމްދީނުގެ ނޫރު އެމީހެއްގެ ހިތުގައި އަށަގެންވުމެވެ. އެހެނީ އިސްލާމްދީން ގެނެސްދެނީ ދިރިއުޅުމުގެ އުފަލާއި ﷲ ކިބައިން ވާގި އެދުމެވެ. ރަސޫލާ ސަލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"އިންސާނަކަށް ހެޔޮގޮތް އިރާދަ ކުރައްވަން އެކަލާނގެ އިރާދަކުރައްވާނަމަ އެމީހަކަށް އިސްލާމް ދީނުގެ ޢިލްމު ދެއްވާނެއެވެ." އެހެންކަމުން ފަސޭހައިން ލިބެންހުންނަ އިސްލާމްދީނުގެ މަޢުލޫމާތު ހުންނަ ފޮތްތައް ކިޔާށެވެ. އޭރުން ޢިލްމުގެ ނޫރުން ތިބާގެ ހިތްއަލި ކުރައްވާނެއެވެ. އަދި އިސްލާމްދީން އުނގެނި ސުންނަތާއި ފިގުހާއި ގުރުއާނުގެ ތަފްސީރާއި ރަނގަޅު މަޒުމޫނުތައް ހިމެނެއެވެ. ހަނދާންކުރާށެވެ. އެ ރަނގަޅު ފޮތްތަކުގައިވާ ކަންކަމުން ހެޔޮޢަމަލު ކުރުމުގައި ދެމިހުންނާށެވެ. ތިބާގެ އުޚުތުންނާއެކު ޤުރުއާން ކިޔެވުމާއި ޤުރުއާނުން ބައެއް ހިތުދަސްކުރުމަށް އަޒުމް ކަނޑައަޅާށެވެ. އިސްލާމް ދީނުގެ ހެޔޮ ގޮތްތައް ދޫކޮށްލުމަކީ އަނދިރިކަމާއި ގޮތްހުސްވުން ހިތުތެރޭގައި ބާރުފޯރުވާ ކަންކަމެވެ. ތިބާގެ ގޭގައި ކިތަންމެ ކުޑަނަމަވެސް ލައިބްރަރީއެއް ބަހައްޓާށެވެ. އެތަނުގައި ރަނގަޅު ފޮތްތަކާއި ހެޔޮ ނަސޭހަތްދޭ ސީޑީތަކާއި ވީޑިއޯ ބަހައްޓާށެވެ. އެތަކެތި ބޭނުން ކުރުމުގައި އަދި ލައިބްރަރީ ތަރައްގީކުރުމުގައި ވަގުތު ހޭދަކުރާށެވެ. ފާހިޝް ލަވަތަކާއި ވީޑިއޯތައް ބެލުމަށް ވަގުތު ހޭދަކުރުމުން ހިތަށްލިބޭ ނުތަނަވަސްކަން ބޮޑުވާނެއެވެ. އަބަދުވެސް ﷲ އާއި ގާތްކުރާ ފޮތްތަކާއި މަޢުލޫމާތު ކިޔާށެވެ.
އެންމެ އުނދަގޫވަގުތު އެންމެ ފަސޭހަކަމެއްދޭނީ އަމިއްލަ ނަފުސަށް އިތުބާރުކޮށް ދެވޭ ހިނިތުންވުމެކެވެ.
22. މިއީ އުފާވެރި މީހުނެއް ނޫނެވެ.
އަގުބޮޑެތި އެއްޗިހި ބޭނުންކުރާ ބޮޑެތި ޚަރަދުތައް ކުރާ މުއްސަނދި ދިރިއުޅުން އުޅެމުންދާ އަންހެނުންގެ ދިރިއުޅުމަށް ނުބަލާށެވެ. އެމީހުންގެ ދިރިއުޅުމުން ދަސްވާނީ ނެތްތަކެއްޗާމެދު ހިތާމަކުރުމާއި ހިތުގައި ހަސަދަލުމެވެ. އެމީހުންގެ އުފަލަކަށްވާނީ އަގުބޮޑެތި ތަކެއްޗަށް ބޭކާރު ޚަރަދު ކުރެވުމާއި އެމީހުންގެ ވަގުތީ އުފާތައް ހޯދުމަށް ޖެހިލުން ނުވުމެވެ. އެމީހުންނެއް ހަރާމް އަދި ހަލާލު ކަމެއްތޯ ބަލާކަށް ވިސްނާކަށް ނުތިބޭނެއެވެ. އޭގެ ބަދަލުގައި ދަތި އުނދަގޫ ދިރިއުޅުން އުޅޭމީހުން ﷲގެ މަގުގައި އުޅޭމީހުންނަށް އުފާލިބެއެވެ. އެހެންކަމުން އަގުބޮޑެތި އެއްޗިހި ބޭނުންކުރާ ބޮޑެތި ޚަރަދުތައް ކުރަމުންދާ އަންހެނުންގެ ދިރިއުޅުމަށް ނުބަލާށެވެ. ޗަކައިގެ ތެރޭގައި ހުރަގެއެއްގައި އުޅޭ އަންހެނާވެސް ދޫނިފަތުގެ އެނދުގަޔާއި ގަހަނާއިން ޖަރީކުރި ހެދުންތަކާއި އުސްގަނޑުވަރުތަކުގައި އުޅޭމީހުންނަށްވުރެ މާ އުފާވެރިއެވެ. އެއީ އެމީހުން ﷲއަށް އަޅުކަން ކުރުންމަތީ ދެމިތިބޭތީއެވެ. ނިޢުމަތްތަކަށް ޝުކުރުކުރަން އެމީހުނަށް އެނގޭތީއެވެ.
އުފާވެރިކަން ލައްވާފައިވެއެވެ. ކުރަންޖެހޭކަމަކީ އެ ހޯދަން ކުޑަހިތްވަރެއް ކޮށްލުމެވެ.
(ނުނިމޭ)
