ޕްރެމިއަރ ލީގު؛ ޕްރެމިއަރ ލީގުގެ ޗެމްޕިއަން ކަން ސިޓީ ހޯދައިފިއެވެ. އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އެސްޓަން ވިލާ އިން 2 ގޯލު ޖަހާފައި ވަނިކޮށް ފަހު ހާފުގައި 3 ގޯލުޖަހާ ޗެމްޕިއަން ކަން ކަށަވަރު ކުރިއިރު ވާދަވެރި ލިވަޕޫލް ވަނީ ވޮލްވްސް އަތުން މޮޅު ވެފައެވެ. ޕެރމީއަރ ލީގުން ސިޓީ، ލިވަޕޫލު، ޗެލްސީ އަދި ޓޮޓެންހަމް ވަނީ ޗެމްޕއަންސް ލީގުން ޖާގަ ހޯދާފައެވެ. އަދި އާސެނަލް އާއި ޔުނައިޓެޑުން ޔޫރޮޕާ ކުޅޭ އިރު ކޮންފަރެންސް ލީގުން ޖާގަ ލިބުނީ ވެސްޓްހަމް އަށެވެ. މިއަހަރު ބާންލޭ، ވަޓްފޯޑް އަދި ނޯވިޗް ވަނީ ރެލިގޭޓު ވެފައެވެ.
