މި ސްމޫތީ އަކީ ކުޑަކޮށް ފޮނި އަދި ސިއްހަތަށް ފައިދާހުރި އެއްޗެކެވެ. ފިނިކޮށްފައިވާ މޭވާއާއި ލޯ ފެޓް ޔޯގަޓުން ހެނދުނުގެ ނާސްތާއަށް ފުރިހަމަ ކޮށްލުމުން މެންދުރުގެ ކެއުމުގެ ވަގުތާއި ހަމައަށް ހިތްހަމަޖެހުން ލިބޭނެއެވެ.
ބޭނުންވާ ތަކެތި:
1 ޖޯޑު ޕްލޭން ލޯ ފެޓް ޔޯގަޓް، ފްރީޒްކޮށްފައި
½ ޖޯޑު އަންނާރު ދިޔަ
30 ގްރާމް ކަދުރު
1 ސައިސަމުސާ މާމުއި
½ ތަށި ތާޒާ ސްޓްރޯބެރީ،
½ ފިނިކޮށްފައިވާ ސްޓްރޯބެރީ
ތައްޔާރުކުރާނެގޮތް:
ޔޯގަޓް، ސްޓްރޯބެރީ، ކަދުރު، މާމުއި އަދި އަންނާރު ޖޫސް މިކްސަރަށް އަޅާ ގިރާލާށެވެ. ބޭނުންނަމަ އައިސްކިއުބް އަޅާށެވެ.
ދެން އަންނާރުއޮށުން ޒީނަތްތެރި ކޮށްލާށެވެ.
