އަންނާރު ސްމޫތީ

މި ސްމޫތީ އަކީ ކުޑަކޮށް ފޮނި އަދި ސިއްހަތަށް ފައިދާހުރި އެއްޗެކެވެ. ފިނިކޮށްފައިވާ މޭވާއާއި ލޯ ފެޓް ޔޯގަޓުން ހެނދުނުގެ ނާސްތާއަށް ފުރިހަމަ ކޮށްލުމުން މެންދުރުގެ ކެއުމުގެ ވަގުތާއި ހަމައަށް ހިތްހަމަޖެހުން ލިބޭނެއެވެ.

ބޭނުންވާ ތަކެތި:

1  ޖޯޑު ޕްލޭން ލޯ ފެޓް ޔޯގަޓް، ފްރީޒްކޮށްފައި

½  ޖޯޑު އަންނާރު ދިޔަ

30 ގްރާމް ކަދުރު

1  ސައިސަމުސާ މާމުއި

½ ތަށި ތާޒާ ސްޓްރޯބެރީ،

½  ފިނިކޮށްފައިވާ ސްޓްރޯބެރީ

 

ތައްޔާރުކުރާނެގޮތް:

ޔޯގަޓް، ސްޓްރޯބެރީ، ކަދުރު، މާމުއި އަދި އަންނާރު ޖޫސް މިކްސަރަށް އަޅާ ގިރާލާށެވެ. ބޭނުންނަމަ އައިސްކިއުބް އަޅާށެވެ.

ދެން އަންނާރުއޮށުން ޒީނަތްތެރި ކޮށްލާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *