ކޮންޓެއިނަރުތަކުގައި އަލުވި އިންދުމަކީ ތަންކޮޅެއް އުނދަގޫ ކަމެއް ނަމަވެސް އަލުވި ހެއްދިދާނެ ފަސޭހަ ގޮތެކެވެ. ތާޒާކޮށް ހައްދާފައިވާ އަލުވިގެ ރަހައަކީ ފިހާރައިން ވިއްކާ އަލުވިއާއި އެއްވެސް ތަފާތެއް ނެތް ތާޒާ އެއްޗެކެވެ. ގޯތިތެރޭގައި ޖާގަ ނެތްނަމަ ކޮންޓެއިނަރުތަކުގައި އަލުވި އިންދައިލެވޭނެ ހެއްޔެވެ؟ އެއީ ރަނގަޅު ޚިޔާލެއް ހެއްޔެވެ؟
އަލުވިއަކީ ކޮންޓެއިނަރުގައި އުފައްދާ މޮޅު ބާވަތެކެވެ. އެއީ ހެއްދުމަށް ފަސޭހަ އަދި ދަނޑުވެރިކަން ކުރުމަށް ލިބޭ އުފަލެކެވެ. ގަސްހައްދަން ހަމައެކަނި ކުޑަ ބަގީޗާއެއްގެ ޖާގައެއް އޮތް ނަމަވެސް، ތަށިތަކުގައި ނުވަތަ ކޮންޓެއިނަރުތަކުގައި ހެދޭނެ ވައްތަރުގެ އަލުވި ހައްދާލެވިދާނެއެވެ
ރަނގަޅު މުޑުވަކެއް ހޯދުން
އެތައް ސަތޭކަ ވައްތަރެއްގެ އަލުވިއިން ކޮންޓެއިނަރުގައި ހެދޭނެ އެންމެ ރަނގަޅު ވައްތަރެއްގެ އަލުވި ހޮވުމަކީ އުނދަގޫ ކަމެކެވެ. ދަނޑުވެރިކަމަށް ހޭދަވާ ވަގުތާއި ކެއުމަށާއި އަދި ފަހަށް ރައްކާކުރެވިދާނެ ބާވަތެއް ހޯދަން އިސްކަން ދޭންވާނެއެވެ. ރީތި ކުލަތަކާއި މަޖާ ނަންތަކަކީ މިއަށް އިތުރުކުރެވިދާނެ ބޯނަސްއެކެވެ. އަލުވި ހައްދާ ބެލެހެއްޓުމަށް ކިހާ ވަގުތެއް ހޭދަވާނެކަމާއި ދަނޑުވެރިކަން ކުރަން ބޭނުންވާ ތަކެއްޗަށްވެސް ވިސްނާލާށެވެ. ގިނަ ކޮންޓެއިނަރުތަކެއް ހުރިނަމަ، އަލުވި ހެއްދުމުގައި ހޭދަވާނެ ދަނޑުވެރިކަމުގެ މުއްދަތަކަށް ބަހާލާށެވެ. އަވަަހަށް ނުވަތަ މެދުމިންވަރެއް ނުވަތަ ލަހުންވެސް އަލުވި ލިބޭނެ ގޮތަކަށް އަލުވި އެކި ދުވަސްމަތީން ބަހާލައިގެން ހައްދާށެވެ. އޭރުން މެދުނުކެނޑި އަބަދުވެސް އަލުވި ލިބޭނެއެވެ. ދިގު މުއްދަތަކަށް އަލުވި އިންދަމުންގެންދާނަމަ ވިސްނަންޖެހޭ އަނެއް މުހިންމު އެއް ކަމަކީ ބަލިތަކާއި އޭގެ ފަރުވާވެސް ދެނެގަތުމެވެ.
އަލުވި ނިރުފެޅުވުން
އަލުވި ގަސްތައް ފަޅައިގެން ގޮސް މުރަކަ އުފެދެނީ އަލުވިގެ ބުޑުންނެވެ. އަލުވި ގަސްތަކުގެ އަދަދު އިތުރުކުރެވޭނީ އަލުވި ކޮށާފައި އެތިކޮޅުތައް އިންދައިގެންނެވެ. ކޮންމެ އަލުތްވެއް ހަތަރުބަޔަށް ކަނޑާލެވިދާނެއެވެ. ކަނޑާލުމަށްފަހު، ގަސްއިންދުމުގެ ކުރިން ހިކި ތަނެއްގައި ކޮތަޅުތައް މައްޗަށް އަޅާ ނިރު ފަޅުވާށެވެ.
ބޮޑު ކޮންޓެއިނަރެއް ބޭނުން ކުރުން
އަލުވި ބޮޑުވާން ފެށުމުން ބާލިދީގެ ފަސްގަނޑު މަތީގަޔާއިި ވަށައިގެން އާ އަލުވި އުފެދެއެވެ. އަލުވި ބޮޑުވަމުންދާ ވަރަކަށް މެދުނުކެނޑި ފުރާލެވޭނެ ފުން ކޮންޓެއިނަރެއް ހޮވާށެވެ. ކޮންޓެއިނަރ ހުންނަންވާނީ ކޮންމެވެސް ވަރަކަށް ފުޅާ، މަދުވެގެން ގަހަށް އެކަށީގެންވާ ޖާގައެއް ލިބޭނެ ގޮތަކަށެވެ. ތިރީގައި ފެން ހިއްކާ ލޯވަޅުތައް ހުންނަ ބާލިދީއެއް ބޭނުން ކުރެވިދާނެއެވެ.
މަދުމަދުން ފެންދިނުން.
އަބަދުވެސް ބޭނުންކުރަންވާނީ ފެން ހިއްކުމަށް ލޯވަޅުތައް ހުންނަ ކޮންޓެއިނަރެކެވެ. ގަސްގަހާގެހި ރަނގަޅު ސިއްހަތަކަށް ރަނގަޅަށް ފެން ހިއްކުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ރަނގަޅު ގަސްކާނާ ދިނުން.
އަލުތްވަކީ ބަރު ކާނާގެ ގޮތުގައި ހިމެނޭ އެއްޗެއް ކަމުން ދުޅަހެޔޮ އަލުވި އުފެއްދުމަށްޓަކައި އެއަށް ވަރަށް ގަސްކާނާ ބޭނުންވާނެއެވެ.
ބާލިދީގެ އެންމެ ފުލުގައި ގަސްއިންދުން.
ބާލިދީގެ ތެރެއަށް 2-3 އިންޗި ފަސް އަޅާށެވެ. ދެން ގަސް އިންދާށެވެ. އިތުރު 2 ނުވަތަ 3 އިންޗިއަށް ވެލިއަޅާ ފަސްގަނޑު ނިވާކޮށްލާށެވެ. ފަސްގަނޑު މާބޮޑަށް ހިކިއްޖެނަމަ މަދުމަދުން ފެން ދޭށެވެ.
އަލުވި ގަސް ބޮޑުވަމުންދާ ވަރަކަށް ވެއްޔާއި ދަނޑިއަޅާށެވެ. މިއީ ބިމުގެ ސަރަހައްދު ކައިރީގައި ހުންނަ އަލުވި ބޮޑުވުމަށް އެހީތެރިވެދީ ފަސްގަނޑުގައި އިތުރު ޖާގައެއް ހެދުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
އަލުވި ކެޑުން.
އަލުވި ގަހުގެ ބޮޑުވާ ބައި ފެހިކަން މަދުވެ ގުދުރަތީ ގޮތުން މަރުވާނީ ގަސް ފުރިހަމަ ވުމުންނެވެ. މަޑުމަޑުން ގަސް ވަށައިގެންވާ ފަސްގަނޑު ދުރަށް ޖައްސާލުމަށްފަހު އަތް ބޭނުންކޮށްގެން އަލުވި ބެހެއްޓުމަށް ބޭނުންކުރާ ކޮންޓެއިނަރުގައި ތިރިއަށް ހުރި އަލުވި ނަގާށެވެ.
