ދިރިއުޅުމާމެދު ހިތްހަމަ ޖެހޭކަން ނުވަތަ ނޫންކަން އެނގެން ބޭނުންތަ؟

މަސައްކަތަށް ނިކުންނަން ޖެހިލުންވާވަރަށް ބުރަ:

މަސައްކަތަށް ދާން ޖެހިލުންވާވަރަށް ބުރަނަމަ ކޮންމެވެސް ގޮތެއް ވިސްނަން ޖެހެއެވެ. އާއްމު ގޮތެއްގައި އަޅުގަނޑުމެންގެ ދުވަހާއި ހަފްތާގެ ބޮޑު ބައެއް ހޭދަކުރަނީ މަސައްކަތުގައެވެ. ނިދާ ހޭލެވުމުން ނުވަތަ ހަފްތާ ބަންދު ނިމުމާ ގާތްވަމުންދާއިރު މަސައްކަތަށް ދިއުމުގައި ބިރުވެރިކަމުގެ އިހުސާސެއް ހުރުމަކީ ރަނގަޅު ކަމެއް ނޫން ކަމުގެ ޔަގީން ނިޝާނެކެވެ. މަސައްކަތުގައި ބިރުގަންނަ ދުވަހަކީ ކޮބައިކަން ހޯދުމަށް ވަގުތުކޮޅެއް ހޭދަކޮށް، އެ ދުވަސް ބަދަލުކުރުމަށް ޕްލޭނެއް އެކުލަވާލާށެވެ.

މާޒީގައި ނުވަތަ މުސްތަޤްބަލާމެދު ހުވަފެންތަކެއް ދެކުން.

ތިމާ ދިރިއުޅެން ރަނގަޅީ މިހާރަށެވެ. މި ވަގުތަށެވެ. މާޒީގައި ލިބިފައިވާ ތަޖުރިބާތަކުން ހާސްވުމާއި ނުވަތަ މުސްތަގުބަލަށް މާބޮޑަށް ވިސްނައިގެން ހުރުމަކީ މިހާރުގެ ހާލަތުން ސަލާމަތްވާން މަސައްކަތް ކުރުމުގެ ނިޝާނަކަށް ވެދާނެ އެވެ. ރަނގަޅު ދިރިއުޅުމަކަށް ހުވަފެން ދެކުމަކީ އާދަޔާ ހިލާފު ކަމެއް ނޫން ކަމަށާއި، ހުވަފެން ދެކުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް މާބޮޑަށް މާޒީގެ ފިކުރުތަކާއި ކުރިމަގުގައި ވާނެ ކަންކަމަށް ލަފާކޮށް ކަންބޮޑު ނުވާށެވެ.

އަރާމުކުރަން ޖެހޭކަމަށް މީހުން ބުނުން.

ރައްޓެހިންނާއި ދަންނަ މީހުންގެ ފަރާތުން ވެސް އެއް މެސެޖެއް ފެންނަމުންދާނަމަ، އެ މެސެޖުގެ ފަހަތުގައި އޮތީ ކޮން އެއްޗެއްކަން ހޯދަންވީ ވަގުތު ޖެހިދާނެ އެވެ.  އެހެންވީމާ، ތިމާއަށް ތަކުރާރުކޮށް ޗުއްޓީއެއް ނަގާށޭ މީހުން ބުނާ އަޑުއިވުމުން އެއަށް ވިސްނާށެވެ.

އެހެން މީހުންގެ ކާމިޔާބީތަކަށް ތިބާ ހަސަދަވެރިވެވުން.

ހަސަދަވެރިކަމަކީ އަހަރެމެންގެ ދިރިއުޅުމާމެދު ހިތްހަމަނުޖެހިފައިވާ ކަމުގެ ނިޝާނެކެވެ. އަނެއް މީހާގެ ކާމިޔާބީތަކާ އެއްވެސް ގުޅުމެއް ނެތް ކަމެކެވެ. އަހަރެމެންގެ ދިރިއުޅުމުގައި ތާށިވެފައިވާ ކަމުގެ އިހުސާސް ކުރެވެމުންދާއިރު އެހެން މީހުންގެ ކާމިޔާބީތަކާ މެދު އުފާކުރަން އުނދަގޫވެއެވެ. ހަސަދަވެރިކަން އަޅުގަނޑުމެންނަށް ދައްކަނީ ކޮންކަމެއްތޯ އަމިއްލަ ނަފްސާއި ސުވާލު ކުރާށެވެ.

ހެނދުނު ހޭލާއިރު ވަރުބަލިވެފާ ހުރުން.

ހެނދުނު ހޭލާއިރު ވަރުބަލިވެފާ ހުރުމަކީ ކޮންމެހެން މަސައްކަތާއި މެދު ނޫން ނަމަވެސް އާންމުކޮށް ދިރިއުޅުމާ މެދު ހިތްހަމަ ނުޖެހުމުގެ އަލާމާތެކެވެ. އިންސާނާގެ ދިރިއުޅުމުގައި ކަންބޮޑުވުމާއި ރުޅިވެރިކަމުގެ ސަބަބުން ރަނގަޅަށް އަރާމު ހޯދުމަކީ އުނދަގޫ ކަމެކެވެ. ވަރުބަލިކަމުގެ ދާއިމީ ޙާލަތެއްގައި އުޅޭއިރު، މަސައްކަތުގެ މާހައުލުގައި ދިމާވާ ކަންކަމުން އިތުރަށް ވަރުބަލިވާ ގޮތްވެއެވެ.  ތިމާގެ ބޭނުންތައް ގުރުބާން ކުރުމުގެ ބަދަލުގައި އަލުން މަގަށް އެރުމަށް ކުރެވިދާނެ ކަންތައްތަކެއް ހޯދާށެވެ. ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމެއް އުޅެން ނިންމާފައިވާ އެއްޗެއް ކަމަށާއި، އުފާވެރި ދިރިއުޅުމަކީ ވަރުބަލި ކަމެއް ނޫން ކަމަށް ގަބޫލު ކުރާށެވެ.

ހަމަޖެހުމެއް ނެތް ނަމަ ދިރިއުޅުން ބަދަލު ކުރުން:

ކަމެއް ކުރަން އުޅެ ހުރަސްތައް ދިމާވުމުން އުފެދޭ އުނދަގޫކަމުގެ އިހުސާސަކީ އުފެއްދުންތެރިކަން ފުނޑުފުނޑުވެގެން ދާ ކަމުގެ ސާފު ނިޝާނެކެވެ. އަދި އެއީ ކޮންމެވެސް ކަމެއް ބަދަލު ވާން ޖެހޭނެ ކަމުގެ ސާފު ނިޝާނެކެވެ. މާޔޫސްވެ ގޮތް ހުސްވުމަކީ ތިމާ ކުރަން ނިންމާފައިވާ އެހެން ކަމެއް އޮތްކަން ދޭހަކޮށްދޭ ކަމެކެވެ.

އެންމެންވެސް ތިބާ ރުޅިއަރުވާހެން ހީވުން.

ވަށައިގެންވާ މާހައުލުގައި އުޅެން އުނދަގޫވުމަކީ ކޮންމެވެސް މައްސަލައެކެވެ. އެއީ ރުޅިވެރިކަމާއި ކަންކަމާއި ދޭތެރޭ ނުބައިކޮށް ވިސްނަން މެދުވެރިވާ ކަމެކެވެ. އަބަދުވެސް އެންމެން ކުރާ ކަންކަމުގައި ގޯސް ކަމެއް ހޯދުމަކީ އޭގެ އަސްލު ބައެއް މައްސަލަތައް ހުރި ކަމުގެ އިޝާރާތެކެވެ. މައްސަލަތަކަކީ ކޮންމެ ކަމަކަށްވިޔަސް އާންމުކޮށް އެއީ ކޮންމެވެސް ގޮތަކުން ތިމާގެ ދިރިއުޅުމާމެދު ހިތްހަމަ ނުޖެހޭކަން ދޭހަކޮށްދޭ ކަމެކެވެ.

 

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *