އިނގިރޭސި ޕްރިމިއަރ ލީގުގެ ލިވަރޕޫލަށް ކުޅޭ ހުނަރުވެރި ފޯވާޑް ސާޑިއޯ މާނޭ 43 މިލިއަން ޑޮލަރުގެ އަގަކަށް ލިވަޕޫލާ އެކު އެއްބަސް ވެއްޖެ އެވެ.
ލިވަޕޫލުން މާނޭ ވިއްކާނީ 33 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ. އަދި ތިން އަހަރުދުވަހުގެ މުއްދަތަށް މާނޭގެ މެޗުތަކާއި، ފަރުދީ އަދި ޓީމުގެ ކާމިޔާބީތަކަށް ބަލައި އިތުރު 10 މިލިއަން ޑޮލަރު ހުށަހެޅިފައި ވާކަމަށް ރިޕޯޓް ކުރެ އެވެ.
އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް ލިވަރޕޫލްގެ އެއްބަސްވުމެއްގައި ހުރި 30 އަހަރުގެ މާނޭ ހޯދުމަށް ބަޔާންއިން މީގެ ކުރިން ހުށަހެޅި ދެ ހުށަހެޅުންވެސް ލިވަރޕޫލުން ގަބޫލެއް ނުކުރިއެވެ.
.ސެނެގާލްގެ ފޯވާޑް މާނޭ ލިވަރޕޫލާއި ގުޅުނީ 2016 ވަނަ އަހަރު ސައުތެމްޓަނުން، 31 މިލިއަން ޕައުންޑްގެ ފީ އަކަށެވެ.
ބެޔާން އިން މާނޭ ގެންދަން ބޭނުންވީ އެޓީމާ އެކު 10 އަހަރު ގިނަ ކާމިޔާބީތަކެއް ހޯދި ފޯވާޑް ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ ޓީމު ދޫކޮށްލަން ބޭނުން ވުމުންނެވެ. މާނޭ ވެސް ލިވަޕޫލާ އެކު ކޮންޓްރެކްޓުގައި އިތުރު އެއް އަހަރު އޮއްވައި ކްލަބް ދޫކޮށްލަން ބޭނުންވާކަން ކްލަބަށް ވަނީ އަންގައިފަ އެވެ. ލިވަޕޫލުން ވަނީ މިހަފްތާ 78.5 މިލިއަން ޑޮލަރު ދީފައި ބެންފީކާ އަށް ކުޅޭ އުރުގުއޭގެ 22 އަހަރުގެ ފޯވާޑް ޑާވިން ނޫނޭޒް ގެނެސްފަ އެވެ.
އޭނާ ވަނީ 2019 ވަނަ އަހަރު ލިވަރޕޫލަށް ޗެންޕިއަންސް ލީގު ހޯދުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައެވެ. އަދި މިއަހަރުގެ ޗެމްޕިއަންސް ލީގާއި ޕްރިމިއަރ ލީގުގެ ރަނަރަޕްކަން ލިވަރޕޫލަށް ލިބިފައިވާއިރު، އެކަމުގައިވެސް އޭނާގެ ހިއްސާ ބޮޑެވެ. އޭނާ ވަނީ ސެނެގާލް އާއެކު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބު ކޮށް، ލިވަޕޫލާ އެކު އެފްއޭ ކަޕާއި ލީގް ކަޕް ކާމިޔާބު ކޮށްފަ އެވެ.
