ޙަމްނާ އާއި ސައުޝަން ގައުމީ ފެތުމުގެ ރެކޯޑް އާކޮށްފި

ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގުގައި ވާދަކުރާ ގައުމީ ސްވިމިންގ ސްކޮޑުގައި ހިމެނޭ ޙަމްނާ އަޙްމަދާއި ޢައިޝަތު ސައުޝަން ފެތުމުގެ ގައުމީ ރެކޯޑުތަކެއް އައުކޮށްފިއެވެ.

ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 19 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ހަމްނާ ވަނީ އަންހެނުންގެ (ލޯންގ ކޯސް) 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފައެވެ. ޙަމްނާ މި ރެކޯރޑް އައުކޮށްފައިވަނީ 00.34.53 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މީގެއިތުރުން މުބާރާތުގައި ވާދަކުރާ ގައުމީ ސްކޮޑުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ފެތުންތެރިޔާ ސައުސަން އައުކުރީ އަންހެނުންގެ ލޯންގ ކޯސް 100 މީތަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ. އޭނާ މިފަހަރު ރޭސް ނިންމީ 1 މިނެޓު، 18.76 ސިކުންތުންނެވެ. އެންމެފަހުން މި ރެކޯޑް އައުކުރީވެސް ސައުސަން އަށްވާއިރު، އެއީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައެވެ. އެ ފަހަރު ސައުސަންގެ ޓައިމިން އަކީ 01.18.96 އެވެ.

މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ހަމްނާ އާއި ސައުޝަން އިތުރުން، ދެން ރާއްޖޭން ވާދަކުރާ ފެތުންތެރިންނަކީ މުބާލްއާއި މުހައްމަދު އާން ހުސެއިން އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *