ފުރާވަރުގެ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވެދީ

ބެލެނިވެރިންނާއި ފުރާވަރުގެ ކުއްޖާއާއި ދެމެދު ރަނގަޅު ގުޅުމެއް އޮތަސް ނުވަތަ ގޮންޖެހުންތަކެއް ކުރިމަތިވިޔަސް، އެމީހުންދެކެ ލޯބިވެ ތާއީދުކުރާކަން ދައްކާލުމާއި، ދަތި ވަގުތުތަކުގައި އެހީތެރިވެދެވޭނެ ކަމާއި، އެމީހުންނަށްޓަކައި އަބަދުވެސް ތިމާ ހުންނަކަން ދައްކާލުމަކީ މުހިންމު ކަމެކެވެ.

އެމީހުންގެ އިޙްސާސްތައް ހިއްސާކުރުމުން ހިތްވަރު ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ފުރާވަރަށް އެޅުމާއިއެކު ކުދިންނާއި ގުޅިގެން އުޅެވޭނެ ގޮތްތައް ހޯދާށެވެ. އެމީހުންގެ ދުވަސް ދިޔައީ ކިހިނެއްތޯއާއި އެމީހުން ކުރަމުން އައި ކަންތައްތަކާއި ގުޅޭގޮތުން ސުވާލުކޮށްލާށެވެ. އެއީ ރޭގަނޑުގެ ކެއުން ތައްޔާރު ކުރުން ފަދަ ކަމެއްގައި ބައިވެރިވުމަށް ދައުވަތު ދިނުމުން ނުވަތަ އެކުގައި ބޭރަށް ނިކުމެލުން ކަހަލަ ކަމެއްގެ ތެރެއިންނެވެ. އެހެންކަމުން އެ ވަގުތު ބޭނުންކޮށްގެން އެމީހުންގެ ދުވަހާ ބެހޭ ގޮތުން ވާހަކަ ދައްކާލެވޭނެއެވެ.

ކޮންމެ ގޮތެއް ވިޔަސް އެމީހުންނަށްޓަކައި ތިބާ ހުރިކަން ހަނދާންކޮށްދޭށެވެ. އެމީހުންނަށް އިހުސާސް ކުރެވޭ ގޮތާއި އެމީހުން ވިސްނާ ގޮތް އަޑުއަހަން ބޭނުންވާކަން ހަނދާންކޮށްދޭށެވެ. ހިތްވަރު ދިނުމުގެ ބަސްތަކުން އެމީހުންގެ އިހުސާސްތައް ތިބާއާ ހިއްސާ ކުރުމަށް ފަސޭހަ ކަމުގެ އިހުސާސް އެމީހުންނަށް ކުރެވޭނެ އެވެ.

ފުރާވަރުގެ ކުއްޖާ ކުރާ ކަންތައްތައް ތިމާއަށް ކަމުނުދާކަން ފާހަގަ ކުރުމަކީ ފަސޭހަ ކަމެކެވެ. އެކަމަކުވެސް އެމީހުން ރަނގަޅަށް ކުރަމުންދާ ކަމެއް ފާހަގަކޮށް ތަޢުރީފު ކުރަން މަސައްކަތް ކުރާށެވެ. އަބަދުވެސް ފަހި އަޚްލާގާއިި އޭގެ ފައިދާތަކާ ބެހޭ ގޮތުން މައިންބަފައިން އިތުރަށް ދިރާސާކޮށް އެއާއި ގުޅޭ ލިޔުންތައް ކިޔަންވާނެއެވެ.

އެމީހުންނަށް ތާއީދު ކުރުމަށް ވަގުތު ހޭދަކުރަންވާނެއެވެ. ދުވަހުން ދުވަހަށް ހާސިލްކުރެވޭނެ ލަނޑުދަނޑިތައް ގާއިމްކުރުމުގައި ކުދިންނާއި އެކުގައި މަސައްކަތްކުރާށެވެ. ސްކޫލް މަސައްކަތުގެ އިތުރުން ގޭތެރޭގެ މަސައްކަތްތަކުގައި ކުރެވިދާނެ ކަންކަމުގައި ކުދިން ބައިވެރިކުރުވާށެވެ. އެކުދިންނަށް ރަނގަޅު ކަންކަން ކުރުމުގައި ރަނގަޅު ތާވަލެއް ކަނޑައަޅާށެވެ.

ފުރާވަރުގެ އަނެއް މާނައަކީ މިނިވަންކަމެވެ. ވީމާ ފުރާވަރަށް އެޅުމުން ކުދިންނަށް އަމިއްލައަށް އުޅެން އެކަށީގެންވާ ވަގުތާއި ޖާގަ ދިނުމަށް މަސައްކަތް ކުރާށެވެ. ޖާގައަކީ ވަރަށް މުހިއްމު ކަމެކެވެ.

ފުރާވަރުގެ ކުއްޖާއަށް މާޔޫސްކަން އިހުސާސް ކުރެވިއްޖެނަމަ، މައްސަލަތަކަށް ބައެއް ހައްލުތައް ހޯދުމަށް އެމީހުންނާއެކު މަސައްކަތް ކުރާށެވެ. ކަންކަމާއި ތިމާ ހަވާލުނުވެ އެކުދިންނަށް ކަންކަމުގައި ޢަމަލުކުރަންވީ  ގޮތް ކިޔައިދޭން މަސައްކަތް ކުރާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *