އެންމެ އުފާވެރި އަންހެނާއަށް ވެވިދާނެ (ފަހުބައި)

33. އަންހެންމީހާ އެމީހާގެ ނަފުސު ﷲއަށް ގުރުބާންކޮށްފިނަމަ ﷲގެ ހަޟްރަތުން އެމީހަކަށް އުފާވެރިކަން ދެއްވައެވެ.

ޖުހާނީ އަންހެނެއް ކުށެއް ކުރެވި ޒިނޭކުރެވުނު ވާހަކައަޑު އެހިންހެއްޔެވެ؟ ދެން އޭނާއަށް އެއީ ކުށެއްކަން ގަބޫލުކުރެވި ތައުބާވުމަށްޓަކައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ އަރިހަށް ދިޔައެވެ. އަދި އެކަލޭގެފާނުން އެއަންހެންމީހާ ފާފަ ފުއްސެވުމަށްޓަކައި ރަޖަމުކުރައްވާތޯ ދެންނެވިއެވެ. އެހިނދު އެއަންހެންމީހާ ވަނީ ބަނޑުބޮޑުވެފައިކަމުން ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ އޭނާގެ ބަލަދުވެރިން ގެންނަވައި އޭނާއަށް އޯގާވެރިވުމަށާއި ވިހާގަދަވުމުން ގެންނަށް ވިދާޅުވިއެވެ. ދެން އެމީހުން އެގޮތަށް ކަންތައް ކުރިއެވެ. ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ އޭނާގެ ހެދުމުން ރަނގަޅަށް ބަނދެލުމަށާއި ދެން އޭނާ ރަޖަމު ކުރުމަށް އަމުރުކުރެއްވިއެވެ. އެއަށްފަހު އޭނާގެ ކަށުނަމާދުގައި ބައިވެރިވެ ވަޑައިގަތެވެ. އެހިނދު އުމަރު ރަޟިއަﷲ ޢަންހު ދެންނެވިއެވެ. "އޭނާ ތައުބާވީ މަދީނާގެ ހަތްދިހައަށްވުރެ ގިނައަންހެނުންނަށް ވާވަރަށެވެ. އެއިން އެ އެންމެންގެ ފާފަ ފޮހެލާނެ ފަދައެވެ. އެއްވެސް މީހަކު އެމީހެއްގެ ނަފުސު ﷲއަށްޓަކައި ޤުރުބާންކުރިމީހެއް މި ނޫނީ ދެކުނިންހެއްޔެވެ.؟

އެއީ އެއީމާންކަމުން ދުނިޔެއިން ވަކިވެގެން ދިޔަޔަސް އޭނާ ނިންމީ އޭނާގެ ނަފުސު ފާފައިން ތާހިރު ކުރާނެ ވަރުގަދަ އީމާންކަމެކެވެ. އޭނާގެ އެފަދަ ވަރުގަދަ އީމާންކަމެއް ނުވާނަމަ އޭނާގެ ގައިގާ ހިލައިންތަޅާ މަރަން އެއްބަހެއް ނުވެވޭނެއެވެ. މީހަކު އޭނާގެ އީމާންކަމާއި ދެކޮޅަށް ބުނެފާނެއެވެ. އެހާ އީމާންކަންވަރުގަދަ މީހަކު ޒިނޭފަދަ ބޮޑު ފާފައެއް ކުރީ ކީއްވެހެއްޔެވެ؟ މީގެ ޖަވާބަކީ މީހަކު އީމާންކަން ބަލިކަށިވެދާނެ ވަގުތެއް އައިސް ދާނެއެވެ. އަދި އޭނާއަށް ކުށެއް ކުރެވިދާނެއެވެ. ސަބަބަކީ އިންސާނާ ހައްދަވާފައިވަނީ ބަލިކަށިކަމުގެ ތެރެއިންނެވެ. އަދި އޭނާ ފައިތިލަ ކައްސާލަފާނެއެވެ. ސަބަބަކީ އޭނާ ގެ ކިބައިން އަވަސް އަރުވާލުން ފެންނާނެއެވެ.

އެކަމަކު އީމާންކަމުގެ އޮށް އިންދިއްޖެނަމަ އެހިތަކުން އީމާންކަމުގެ ވަރުގަދަ ކަމާއި އޭގެ މީރުވަހާއި މޭވާ ފެންނާނެއެވެ. އެ އަންހެންމީހާ ރަސޫލާ ޞައްލައްﷲ އަލައިހިވަސައްލަމައިގެ އަރިހަށް އައީ މި ސަބަބާ ހެދިއެވެ. އޭނާގެ ފާފަތައް ފޮހެލައި ސާފުވުމަށްޓަކައި އޭނާގެ ނަފުސު ﷲ އަށް ގުރުބާން ކުރީއެވެ.

 

34. އެންމެ ސާފު ފެނަކީ ތައުބާގެ ފެނެވެ.

ތައުބާވާ އަޅުންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ. އަދި ފާފައިން ސާފުވާ އަޅުންދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ. އިންސާނަކު ކާން ނުލިބި ބޯންނުލިބި އެތައް ޒަމާނެއްވެ ހަނަފަސްކަމުގެ ތެރޭގައި އުޅެނިކޮށް ހިކިގަހެއްގެ މޫގަނޑު މަތީގައި މަރުގެ އިންތިޒާރުގައި އިންދާ އޭނާގެ ކުރިމައްޗަށް ކާނާއާއި ކިރާއި ބޯފެނާ ފުރިފައިވާ ޖަމަލެއް އައިސް ހުއްޓުމުން އެއިންސާނާއަށް ލިބޭ އުފަލަށްވުރެ ތައުބާވާ މީހާގެ ތައުބާއިން ﷲ އުފާކުރައްވައެވެ. ތައުބާވާ މީހާ ބުނާނެއެވެ. ހައްދަވައި ގެންގުޅުއްވާ ﷲއެވެ. އިބަރަސްކަލާނގެއީ މިއަޅާގެ ވެރިރަސްކަލާނގެއެވެ. އަދި މިއަޅާއަކީ އިބަރަސްކަލާނގެ އަޅެކެވެ. އެންމެހައި ހަމްދުސަނާ ހައްގުވެގެންވަނީ އިބަރަސްކަލާނގެއަށެވެ. އިބަރަސްކަލާނގެއީ އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ.

ﷲގެ އަޅާގެ ތައުބާއިން އެކަލާނގެ އުފާކުރައްވައި ސުވަރުގޭގެ ނިޢުމަތްތައް އެ އަޅާއަށް މިންވަރު ކުރައްވައެވެ.

﴿ وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ  ﴾‏

މާނައީ: އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ. (ނޫރު ސުރަތުގެ 31 ވަނަ އާޔަތް)

އޭ މުއުމިނުންނޭވެ. ތިޔަބައިމީހުން އެންމެން ﷲއަށް ތަޢުބާވާށެވެ. އެއީ ތިޔަބައިމީހުން ދިންނަވާ ނަސީބު ލިބިގަތުމަށްޓަކައެވެ.

ކުށެއްކުރެވުމުން އަލިފާނުގެ ގިންޏަށްވުރެ ބޮޑަށް ކުށް ކުރެވުނީތީ ދެރަވެ ކަންބޮޑުވުމާއި އެކަމުގެ ސަބަބުން ހިތް ހަލާކުވެ އޭގެ ހިތާމައިން ލޮލުން ކަރުނަ އާދެއެވެ. އެއީ ތައުބާވުމުގެ ފުރަތަމަ އަސަރުތަކެވެ. އެއީ ކާމިޔާބު މީހުންގެ އަމަލުތަކެވެ. އިސްލާހުވާ މީހުންގެ ފުރަތަމަ ތަޅުދަނޑިއެވެ. ތައުބާވެ އެކަލާނގެއަށް ނަމާދުކޮށް ކަރުނައަޅާ ހާލު ދުޢާ ދަންނަވާމީހާއެވެ. ﷲގެ މަގުގައި ސާބިތުކަންމަތީ ހުރެ ކަންބޮޑުވުމާއި ހިތާމައިން ދުޢާ ދަންނަވާ މީހާ،  ސަދިޖައިގައި އޮވެ އޭނާގެ ފާފަތަކާމެދު ކަންބޮޑުވާމީހާއަކީ މާދަމާގެ ކާމިޔާބު މީހުންނެވެ.

އެދުވަހެއްގެ ކަންކަން ހިތްހަމަނުޖެހޭ ގޮތަށް ދިޔަ ކަމުގައި ވިޔަސް އަބަދުވެސް ރަނގަޅު ގޮތަށް ވިސްނާށެވެ. އަނެއްދުވަސް ފެންނާނީ އުފަލާއި ހިތްހަމަޖެހުމުގައެވެ.

(ނިމުނީ)

އެޑިޓަރުގެ ނޯޓު:
މިލިޔުމަކީ، ޑރ. ޢައިދް އަލް ޤަރްނީ ލިޔުއްވާފައިވާ ” ޔޫ ކޭންބީ ދަ ހެޕިއެސްޓް ވުމެން އިން ދަ ވޯލްޑް” މިފޮތުގެ އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *