ލިވަޕޫލުގެ މިސްރު ފޯވަޑް، އުމުރުން 30 އަހަރުގެ މުހައްމަދު ސަލާހު ލިވަޕޫލްގައި މަޑުކުރަން ނިންމައިފިއެވެ. އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން މިހާރުވަނީ އިތުރު ތިން އަހަރަށް އާކޮށްފައެވެ.
ސަލާހު ދެ ފަހަރެއްގެ މަތިން ބުނެފައި ވަނީ ބޭނުން ވަނީ ލިވަޕޫލުގައި މަޑުކުރަން ކަމަށެވެ. އެހެން ނަމަވެސް ކުރާ ޑިމާންޑް ލިވަޕޫލަށް އެނގޭނެ ކަމަށެވެ.
ލިވަޕޫލުން ފުރަތަމަ ހުށަހަޅާފައިވާ ހުށަހެޅުން ސަލާހުގެ ފަރާތުން ގަބޫލުކޮށްފައެއް ނުވެއެވެ. އެއީ ސަލާހު ބޭނުންވާ އަދަދެއްގެ މުސާރަ ލިވަޕޫލުން ކަނޑައަޅާފައި ނުވާތީއެވެ.
ސަލާހުގެ އެއްބަސްވުން އާ ނުކުރާނެ ކަމަށް މީޑިއާތަކުން ރިޕޯޓުވެސް ކޮށްފައި ވަނިކޮށް އެއްބަސްވުން އާކޮށް އޭނާ ބުނީ އިތުރު ތަށިތައް ހޯދަން ބޭނުން ކަމަށާއި އެއްބަސްވުން އާކުރެވުމަކީ ހުރިހާ އެންމެނަށްވެސް އުފާވެރިކަން ގެނުވި ކަމެއް ކަމަށެވެ.
ސަލާހު ވަނީ ލިވަޕޫލާއެކު ޕްރިއާ ލީގާއި ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕާއި ލީގު ކަޕް، އަދި ޔޫއެފާ ސުޕަ ކަޕާއި ކްލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.
ސަލާހު ވަނީ މިދިޔަ ސީޒަނުގައި 31 ގޯލު ޖަހާފައެވެ. 2017 ވަނަ އަހަރު ރޯމާއިން ލިވަޕޫލަށް ބަދަލުވި ފަހުން މިހާތަނަށް ކުޅުނު 254 މެޗުން 156 ގޯލު ޖަހައިދީފައިވެއެވެ.
