އިމްތިޙާނަކާ ކުރިމަތިލާއިރު މުސްލިމުންގެ ގޮތުގައި ރައްދު ދޭންވީ ގޮތް ބަލާލުމަކީ މުހިއްމު ކަމެކެވެ. ފުރަތަމަ ކަމަކީ އެ ހުރިހާ ކަމެއް އެކަމާއި ދޭތެރޭ ވިސްނާ ގޮތް އެނގުމެވެ.
ކަންކަމާދޭތެރޭ ފަހި ވިސްނުމެއް ގެންގުޅޭށެވެ. (ޤުރުއާން 2:286)
لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ. އެ نفس އެއް ހޯދި ހެޔޮކަމެއް (ގެ ثواب) އެ نفس އަކަށް ވެއެވެ. އަދި، އެ نفس އެއް ހޯދި ނުބައިކަމެއް (ގެ عقاب) އެ نفس އެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصد އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް عفو ކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ.!
އެމީހަކަށް ކެތްނުކުރެވޭވަރަށްވުރެ ބޮޑު އުނދަގުލަކާ ދުވަހަކުވެސް އިންސާނާ ކުރިމަތިލާކަށް ނުޖެހޭނެއެވެ. ވަރަށް ގިނަ ފަހަރު، އަޅުގަނޑުމެން އިމްތިޙާނެއް ކުރިމަތިވާއިރު، އަޅުގަނޑުމެން މައްސަލައާއިމެދު ވިސްނާވަރަކަށް، އެހެން ހުރިހާ ކަމެއް އަޅުގަނޑުމެންގެ ލޮލުން ގެއްލިގެންދެއެވެ. މިސާލަކަށް މީހެއްގެ ވަޒީފާއެއް ގެއްލިއްޖެނަމަ، ގިނަ ފަހަރަށް އޭނާގެ އަތުގައި ނެތް ކަންކަމަށް ފޯކަސްކޮށް، އޭނާގެ ސިއްހަތާއި، އާއިލާ ނުވަތަ އީމާންތެރިކަންވެސް ގެއްލޭ ފަދަ ކަންކަންމަށް ވިސްނާ ތިމާގެ ހަގީގީ ދިރިއުޅުމުގެ މުހިއްމު ކަންކަން ހަނދާން ނައްތާލައެވެ.
އަޅުގަނޑުމެންނަށް ދިމާވާ ކަންކަމާއި އަދި ކުރިމަތިވާ މައްސަލަތަކަށް ކުރިމަތިލާން ޖެހެއެވެ. ދިމާވާ އުނދަގޫތަކަށް ހުރުމުން ހާލަތްތަކާ މެދު ރަނގަޅު ވިސްނުމެއް ގެންގުޅެވޭނެއެވެ. الله ދުވަހަކުވެސް އަޅުގަނޑުމެންނަށް ނުއުފުލޭވަރުގެ އުނދަގުލެއް މިންވަރު ނުކުރައްވާނެކަން ގަބޫލުކުރުމަކީ އަދި ހުރިހާ ކަމެއްވެސް ފަހިވިސްނުމަށް ބައްޓަންކުރުމަކީ ދިރިއުޅުން ކާމިޔާބުކުރަން އެހީތެރިވެދޭ ކަމެކެވެ.
الله ދުވަހަކުވެސް މީހަކަށް ޙައްލުކުރެވޭ އެއްޗަކަށްވުރެ ބޮޑު އިމްތިޙާނެއް ނުދެއްވާ ކަމުގެ ނަޒަރިއްޔާތު ގަބޫލުކުރުމުން ހަނދާންކޮށްދެނީ ކޮންމެ ގޮތެއް ވިޔަސް، އަޅުގަނޑުމެން ދުވަހަކުވެސް އުންމީދު ގެއްލިގެން ނުވާނެކަމާއި ނުވަތަ ކެތްތެރިކަން ފިލައިގެން ނުދާނެކަމެވެ.
(ނުނިމޭ)
