ބީފާނުގެ ރޯދަ ބަދިގެ: ބުރައުނީ

ބޭނުންވާ ތަކެތި:

226ގ ޗޮކްލެޓް ބަރ

¾ ކަޕް ބަޓަރ

¼ 1 ޖޯޑު ހަކުރު

2 ބިސް

2 ސައިސަމުސާ ވެނީލާ އެސެންސް

¾ ފުށް

¼ ޖޯޑު ކޮކޯ ޕައުޑާ

1 ސައިސަމުސާ ލޮނު

ތައްޔާރުކުރާނެ ގޮތް:

ޗޮކްލެޓް ގަނޑު ކުދިކޮށް ކޮށާލައިފާ އެއިން އެއްބައި ދިޔާކޮށްލާށެވެ.

އެއަށްފަހު ބަޓަރާއި ހަކުރު އެއްކޮށްލާށެވެ. އަދި އޭގެ ތެރެއަށް ބިހާއި އެސެންސް އަޅާ ރަނގަޅަށް މިކްސް ކޮށްލާށެވެ. ދެން ދިޔާކޮށްލި ޗޮކްލެޓް، ފުށް އަދި ކޮކޯ ޕައުޑާ އަޅާ އެއްކޮށްލާށެވެ. އެއްވުމުން ކޮށާލި ޗޮކްލެޓްތައް އަޅާ އެއްކޮށްލާށެވެ.

އަދި ޓްރޭއެއްގައި ތެޔޮ ނުވަތަ ބޭކިންގް ޕޭޕަރ އެޅުމަށްފަހު މިކްސް ކޮށްލިބަައި އަޅާ 20-25 މިނެޓަށް އަވަނުން ފިހެލާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *