ދިރިއުޅުމަށް ކުރާ ހުރިހާކަމެއް އެއްހަމައެއްގައި ކުރާނަމެވެ.
އަހަރެން ބޭނުންވާ ކޮންމެ ވަގުތަކު ގޮންޖެހުންތަކާއި ކުރިމަތިލާނަމަވެ. އަހަރެން އަމިއްލަ ފައިމައްޗަށް ތެދުވާނަމެވެ.
އެ ހިތްވަރާއި އަޒުމް އަހަރެންގެ ވެއެވެ.
އަދި އަހަރެންގެ ފަހަތުގައިވާ އެއްޗަކުން އަހަރެންނަކީ ކާކުކަމެއް ނޭނގޭނެއެވެ.
އަދި އަހަރެންގެ ހޭލުންތެރިކަން ހޭލާ ވަރަކަށް، އަހަރެންނަށް ކުރެވިފައިވާ ގޯސްތަކަށް މާފުކޮށްފީމެވެ.
އަހަރެން މި އުޅެނީ ހަގީގަތުގެ ދުނިޔޭގައެވެ. އެއީ ޚުދު އަހަރެން އިޚްތިޔާރުކުރާ އެއްޗެކެވެ.
އަހަރެން އެންމެ ބިރުގަންނަ ކަންތައްތަކާއި ކުރިމަތިލަމެވެ.
އެ ބިރުވެރިކަން އިހުސާސްކޮށް ކޮންމެ ގޮތެއްވިޔަސް އެކަން ކުރާނަމެވެ.
ހިނިވެސް ފަރުބަދަ ކެނޑިއެއް ނޫންހެއްޔެވެ؟ އަހަރެން ފަރުބަދައެއް އެއްފަރާތް ކުރަންޖެހުނަސް އެކަން ކުރާނަމެވެ. އެ ހިތްވަރަކީ އަހަރެންގެ ކާމިޔާބީގެ ފެށުމެވެ.
ކޮންމެ ލަކުނަކީ ފިލާވަޅެކެވެ.
އެ ލަކުނުން ދަސްވަނީ ދެން ކަންކުރަންވީއިރު ވިސްނަންވީ ގޮތެވެ.
އަހަރެން މި ދަސްކުރަނީ ހިތްވަރުގަދަވާށެވެ. ދެން އެލަކުނު ލާއިރު ވާތަދަކުން މާބޮޑު ރިހުމެއް ނުއުފެދޭނެއެވެ.
އާ ކަންކަމާއި ކުރިމަތިލައިގެން ކުރިއަށްދެވޭތޯ ބަލާއިރު އަހަރެން ކުރާކަމަކީ ގޯސްކަންކަމެއް ނޫނެވެ.
އެއީ އަހަރެން ހިތްވަރު ގަދަކަމާއި ކެރުމެވެ. އަހަރެން ބޭނުންވާ ކޮންމެ ވަގުތަކު އަހަރެންގެ މި ކެރުން ނެރޭނަމެވެ.
