ދަރިން ފުރާވަރަށް އެރުމުން ބެލެނިވެރިން ކަންބޮޑުވޭ.

ދަރިން ފުރާވަރަށް އެރުމުން ބެލެނިވެރިން ކަންބޮޑުވާކަމަށް ވަރަށް ގިނަ ބެލެނިވެރިން ފާހަގަ ކުރެއެވެ. ފުރާވަރަށް އެރުމުން ކުއްޖާ އަމިއްލައަށް އޭނާ ބޮޑުވީކަމާއި އޭނާއަކީވެސް މިނިވަނެއްކަމުގެ އިހުސާސްކުރެވެއެވެ. ވީމާ ބައެއްފަހަރު ބެލެނިވެރިން ބުނާކަންކަމުގައި އެމީހުން ދެކޮޅު ހަދާ ފަހަރު އާދެއެވެ. ކުއްޖާ ކިތަންމެ ބޮޑުވިޔަސް މައިންބަފައިންނަކަށް ކުދިން ބޮޑެއް ނުވާނެއެވެ. ވީމާ އެކުދިންނާއި ގުޅޭ މައްސަލަތަކާއި އެކުދިންނާއިއެކު ވާހަކަދައްކަންވީ ގޮތާއި އަމަލުތައް ބަހައްޓަންވީގޮތް އަބަދުވެސް ދަސްކުރަންވާނެއެވެ.

ކޯޅުންތަކުގެ ތެރެއިންވެސް އެކުގައި މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ. ފުރާވަރުގެ ކުއްޖާގެ ވިސްނުން އަޑުއަހައި މަޑުމައިތިރިކަމާއެކު ކޯޅުންތައް ހައްލުކުރަން މަސައްކަތް ކުރާށެވެ. ހަނދާނުގައި ބަހައްޓަންވީ އެންމެ މުހިއްމު ކަމަކީ އެންމެން ވެސް ސްޓްރެސް ވާކަމެވެ. ދުވަހަކުވެސް ރުޅިއައިސްގެން މައްސަލައަކާ މަޝްވަރާ ނުކުރާށެވެ. ކަމަކާއި މާބޮޑަށް އުނދަގޫވާނަމަ ފަހުން އެކަމާ ބެހޭގޮތުން ފުރާވަރުގެ ކުދިންނާއި ވާހަކަ ދައްކާލެވޭނެއެވެ.

މައިންބަފައިންނަކީ ވެރިމީހާކަން އެކުދިންނަށް ވިސްނައިދޭން ނޫޅޭށެވެ. ކުދިން ކަންކަން ކުރަންޖެހޭނީ މައިންބަފައިން ބުނާހާގޮތަކަށް ނޫންކަން މިއަދު ކުދިންނަށް އަންނަނީ ވިސްނެމުންނެވެ. އެހެންކަމުން ބާރުވެރިކަން ދައްކާފަދަ ކުރިމަތިލުންތަކުން ދުރުހެލިވާށެވެ. މިއަދުގެ ކުދިންގެ ސިކުނޑި ތަކުގައިވަނީ ކޮންމެ މީހަކީވެސް އަމިއްލަ ނަފުސެއްކަމުގެ އިހުސާސެކެވެ. އެހެންކަމުން ފުރާވަރުގެ ކުދިން ކޮންޓްރޯލް ކުރެވެން އުނދަގޫވެދާނެ އެވެ. މިވަގުތު ކިތަންމެ އުނދަގޫ ވިޔަސް، ބިރުވެރި ވަގުތެއްގައި ކޮންޓްރޯލް ސާބިތުކޮށްދިނުމަށް އެމީހުންގެ އެދުމަށްޓަކައި ކުޑަކޮށް ދޫދޭށެވެ. އަދި ފަހުން ވިސްނައިދޭނީއެވެ.

ފުރާވަރުގެ ކުއްޖާއާ މެދު ތެދުވެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކާށެވެ. ތިބާއަށް ވެސް އިތުރު ސްޓްރެސްއެއް ކުރިމަތިވަމުންދާކަން އެމީހުންނަށް އަންގާލެވިދާނެ އެވެ. އަމިއްލަ އުނދަގޫ އިހުސާސްތަކާ ކުރިމަތިލާ ގޮތް ދައްކާލުމުން އެމީހުންގެ އިހުސާސްތައްވެސް އެއީ މައްސަލައެއް ނޫންކަން އެނގޭނެ އެވެ.

ކޯޅުން އުފެދިއްޖެނަމަ، ތިމާއާއި ތިމާގެ ފުރާވަރުގެ ކުއްޖާއަށް އެކަން ހައްލުކުރެވޭނެ ގޮތްތަކާ މެދު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. މިކަންކަމާއި  ބެހޭގޮތުން ފުރާވަރުގެ ކުއްޖާ އާއި މަޝްވަރާ ކުރެވިދާނެއެވެ. ތިރީގައި މިވާކަންކަން ކުދިންނަށް ދަސްކޮށްދެވިދާނެއެވެ.

1. އަމިއްލަ ގުޅުންތަކަށް ވަގުތު ހޯދާށެވެ. އިހުސާސްތަކާއި ތަޖުރިބާތައް ހިއްސާކުރެވޭނެ މަދު ބަޔަކު ހޯދަން މަސައްކަތް ކުރާށެވެ. ކޮންމެ ދުވަހަކުވެސް އެމީހުންނާއެކު ވަގުތުކޮޅެއް ކަނޑައަޅައި، ތިމާއަށް އިހުސާސް ކުރެވޭ ގޮތްތައް ހިއްސާކޮށް ވާހަކަ ދައްކާށެވެ.

2. ސްޓްރެސްއާ ކުރިމަތިލާން އަދި މެނޭޖްކުރުމަށް އެހީތެރިވެދޭ ކަންތައްތައް ކުރުމަށް ދުވަހު ވަގުތު ހޭދަކުރާށެވެ. ދުވަހަކީ ބިޒީ ދުވަހެއް ކަމުގައި ވިޔަސް ނުވަތަ ލަސް ދުވަހެއް ކަމުގައި ވިޔަސް، އަމިއްލަނަފުސު ބަލަހައްޓަން ވަގުތު ހޯދުމަކީ ތިމާގެ ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަން އަޅުގަނޑުމެންނަށް އެނގެއެވެ. ތިމާއަށް ކަމުދާ ކަންތައްތައް ކުރުމުން އަދި ކުޑަ ޗުއްޓީއެއް ލިބުމަކީ ހަކަތަ ލިބޭ ކަމުގެ އިހުސާސް ކުރެވޭނެ ކަމެކެވެ.

3. ކަސްރަތު ކުރުމާއި، ރައްޓެހިންނާ ވާހަކަ ދެއްކުމާއި، ކަމެއް ކުރުމުގެ ކުރިން ޕްލޭން ކުރުމާއި، ކަންކަން ޝެޑިއުލްކޮށް އެގޮތަށް ބެލެހެއްޓުމާއި، ޝުކުރުވެރިވާ ނުވަތަ ފަޚުރުވެރިވާ ކަންކަމާމެދު ވިސްނާލުމަކީ އަމިއްލަ ނަފުސަށް އަޅާލުމަށްޓަކައި ކުރެވިދާނެ ކަންކަމެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *