ޝުޝްމީތާގެ 58 އަހަރުގެ ލޯބިވެރިޔާއަށް ފާޑުކިޔާތީ ރައްދު ދީފި

މީގެ ދުވަސްކޮޅެއްކުރިން ދެކެވުނު އެންމެ މަޝްހޫރު އެއްވާހަކައަކީ މިސް ޔުނިވާސް 1994 ގައި ކާމިޔާބުކުރި ސުޝްމީތާ ސެންއާއި  ލަލިތު މޯދީ ގެ ލޯބީގެ ވާހަކައެވެ. އެ ދެމީހުން ލޯބިވާކަން އިއުލާން ކުރުމުން މީޑިޔާގައި ތަފާތުގޮތްގޮތަށް އެވާހަކަތައް ދެކެވުނެވެ.

ޝުޝްމީތާ ބުނާގޮތުގައި އުމުރުން 58 އަހަރުގެ ވިޔަފާރިވެރިއެއްގެ ކިބައިން ލޯބި ހޯދައިފިނަމަ ގޯހެއް އޮތީ ކޮންކަމެއް ހެއްޔެވެ؟ ސުޝްމީތާ އަކީ އަމިއްލައަށް ނިންމުންތައް ނިންމުމުގެ ގާބިލްކަން ހުރި ސްމާޓް، އަދި ވިސްނުންތޫނު އަންހެނެކެވެ. އޭނާގެ މި އާލޯބިވެރިޔާއަށް މީހުން ފާޑުކިޔަސް ކަންބޮޑުވުމެއް ނެތެވެ. 58 އަހަރުގެ ވިޔަފާރިވެރިއަކާ ޝުޝްމީތާ ގުޅިފައިވަނީ ފައިސާގެ ބޭނުމުގައި ކަމަށް މީހުން ފާހަގަކުރާއިރު، އޭނާގެ އަމިއްލަ ފައިސާއިން ރަނާއި ޖަވާހިރު މިހާރުވެސް ގަނެހަދާތީ އެހެންމީހެއްގެ ފައިސާ އޭނާ ބޭނުން ނުވާނެކަމަށް އޭނާ ބުނެއެވެ.

މިހާރު ސުޝްމީތާއަކީ 46 އަހަރުވެފައިވާ މަންމައެއްގެ އިތުރުން މޮޑެލްއެކެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާއެއްގެ އިތުރުން އަމިއްލަ ވިޔަފާރިވެރިއެކެވެ. އޭނާއަކީ އެންމެ މަތީފެންވަރުގައި މިނިވަން ޚިޔާލުތަކަށް ތާއީދުކުރާ އަދި މާލީ ގޮތުން ރަނގަޅު ފެންވަރެއްގައި ދިރިއުޅޭ އަންހެނެކެވެ.

ސުޝްމީތާ ސެން ވަނީ އޭނާގެ އާދަޔާ ޚިލާފު ދިރިއުޅުމުގެ އިޚްތިޔާރުތަކަށް ގިނަ ފަހަރަށް ޚަބަރެއް ހަދައި މަޝްހޫރުވެފައެވެ. މިސް ޔުނިވާސް ކާމިޔާބުކުރިތާ މަދު އަހަރުތަކެއް ފަހުން އުމުރުން 24 އަހަރުގައި އެކަނިވެރި މަންމައެއްގެ ގޮތުގައި އަންހެން ދަރިއަކު އެޑޮޕްޓް ކުރިއިރު، އޭގެ ދެތިން އަހަރު ފަހުން ދެވަނަ ދަރިއެއް އެޑޮޕްޓް ކުރި އެވެ. އޭނާއަކީ މިނިވަން އަދި ކެރިގެން ކަންކަމާ ކުރިމަތިލާ މީހެކެވެ. ސުޝްމީތާ ދަންނަ ކޮންމެ މީހަކުވެސް، އޭނާއަކީ އަމިއްލަ މަސައްކަތުން ކާމިޔާބުހޯދާފައިވާ ރީތި އަންހެނެއްކަމަށް ގަބޫލުކުރެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *