ތުންފަތް ފަޅައިގެން ދަނީ ކީއްވެ؟

ތުންފަތް ރީތިކޮށް ބެހެއްޓުމަށްޓަކައި ތަޖުރިބާކާރުން ލަފާދެނީ އެކަށީގެންވާ މިންވަރަކަށް ހަށިގަނޑުގައި ފެން ބެހެއްޓުމަށެވެ. ފެން މަދުވެއްޖެނަމަ  ގިނަ ފަހަރަށް ތުންފަތް ހިކިވުމަކީ ފުރަތަމަ އިންޒާރުދޭ އެއް އަލާމާތެވެ.

އެކަށީގެންވާ ވަރަށް ފެން ނުބޮވުމުން އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް ތުންފަތް ހިކެއެވެ. އެމެރިކާގެ ސީޑީސީން ކުރި ސާވޭއަކުން ދައްކާ ގޮތުގައި އެމެރިކާގެ %43 މީހުން ދުވާލަކު ތިން ތަށި ނުވަތަ އެއަށްވުރެ މަދު ފެން ބޯން ޖެހެއެވެ. އެމީހުންގެ ތެރެއިން %7 މީހުން އެއްވެސް ވަރަކަށް ފެން ނުބޯކަމަށް ރިޕޯޓްކޮށްފައިވާއިރު، %36 މީހުން ދުވާލަކު 1-3 ތަށި ބޮއެއެވެ.

އަވިން ފިހިގެން ދިއުމަކީ އެތައް ސަބަބަކާ ހުރެ ތުންފަތް ހިކިދާނެ ކަމެކެވެ. އެއް ކަމަކީ އިރުގެ ބާރުގަދަ ދޯދިތަކުން ތުންފަތުގެ ތުނި ހަންގަނޑު ފަސޭހައިން ހަލާކުވުމެވެ. އަދި ހަށިގަނޑުގެ އެހެން ބައިތަކަށްވުރެ ތުންފަތުގައި މެލަނިން މަދުވެއެވެ. މީގެ އިތުރުން ގިނަ މީހުން ތުންފަތުގައި ސަންބްލޮކް އުނގުޅުން ހަނދާން ނައްތާލާތީ، ތުންފަތް ރައްކާތެރިނުކުރެވި އަވިން އެނދުމުގެ ފުރުސަތު އިތުރުވެގެންދެއެވެ.

ތިރީ ތުންފަތަކީ މަތީ ތުންފަތަށްވުރެ ގިނައިން އަވި ލިބޭތީ ޚާއްޞަކޮށް ނާޒުކު އެއްޗެކެވެ. ހަގީގަތުގައި ހަމުގެ ކެންސަރު %90 އުފެދެނީ ތުންފަތުގެ ތިރީގައެވެ. އިންތިހާއަށް ފިނި ނުވަތަ ހޫނު މޫސުމުގައި ވެސް ތުންފަތް ހިކިދާނެ އެވެ. ވައިރޯޅިއާއި ފިނިހޫނުމިނުގައި ތުންފަތް ހިމެނޭ ގޮތަށް ހަމުގެ ތެރެއިން ތެތްކަން ނަގައިގަނެވޭނެ އެވެ. އަދި، ހޫނު މޫސުމުގެ ސަބަބުން ހަށިގަނޑުގެ ކޮންމެ ސަރަހައްދަކަށް އަސަރު ކުރެއެވެ.

ގިނަގިނައިން ތުންފަތުގައި ދަތް އެޅުން ނުވަތަ ތުންފަތުގައި ދޫކޭއްތުމުގެ އާދައެއް އޮތްނަމަ އެކަމުގެ ސަބަބުން ތުންފަތް ހިކޭތީ އެކަން ހުއްޓާލަން ޖެހެއެވެ. ސަބަބަކީ ތުންފަތުގައި ހުންނަ ގުދުރަތީ ތެޔޮ މަދުވެ، ތުންފަތް ހިކިގެން ދެއެވެ. އަދި ތުންފަތުގައި ފަޅައިގެންދާ ހަމުގެ އެތިކޮޅުތައް ހޮވައި ނުވަތަ ދަތްއެޅިއްޖެނަމަ އެކަމުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވެދާނެއެވެ. ތުންފަތުގައި ތުނި، ނާޒުކު ހަންގަނޑެއް ހުންނަ ކަމުން، އެ ތުންފަތުގައި ދޫލާހެދުމުން އެ ތުންފަތް އިތުރަށް ފަޅައިގެން ދާނެ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ޒިންކް އަދި ބީ ވިޓަމިންސް މަދުވުމުން ތުންފަތް ފަޅައިގެން ގޮސް ހިކިދާނެ އެވެ. މި ނިއުޓްރިއެންޓްތަކަކީ ދުޅަހެޔޮ ހަންގަނޑާއި ނިޔަފަތިތަކަށް މުހިންމު މާއްދާތަކަކަށް ވާތީ، އެ މާއްދާތައް މަދުވުމުން ތުންފަތުގައި ރެނދުލާ ގޮތް ވެދާނެ އެވެ. އަދި ދަގަނޑަކީ އޮކްސިޖަން ގެންދިއުމަށް އެހީތެރިވެދޭ އެއްޗަކަށް ވާތީ، މި ނިއުޓްރިއެންޓް އެކަށީގެންވާ ވަރަށް ބޭނުން ނުކުރުމުން ތުންފަތަށް އަސަރު ފޯރާފާނެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *