ހަނާކުރި ސަނދަރަ (ހަންދަ)

ބޭނުންވާނެ ތަކެތި:

25 ސަނދަރަ (ފެނުކައްކާ ކޮށާފައި)

6 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)

2 ސައި ސަމުސާ ޓޮމާޓޯ ސޯސް

1 ފިޔާ (ތުނިކޮށް ކޮށާފައި)

1 ފެހި ބެލް ޕެޕަރ (ހިމަކޮށް ދިގުކޮށް ކޮށާފައި)

1 ރަތް ބެލް ޕެޕަރ (ހިމަކޮށް ދިގުކޮށް ކޮށާފައި)

3 ކެޕްސިކަމް

4 ލޮނުމެދު (ޗިސްކޮށްފައި)

އިނގުރުކޮޅެއް

ހިކަނދިފަތް

ރާނބާފަތް

ލޮނުމިރުސް ހަވާދު

ލޮނު

ތެޔޮ

 

ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް ތެޔޮކޮޅެއް އަޅާ ފިޔާ، ލޮނުމެދު، އިނގުރު، ހިކަނދިފަތް އަދި ރާނބާފަތް އަޅާށެވެ. ފިޔާގަނޑު ވަޅޯވުމުން އޭގެ ތެރެއަށް ޓޮމާޓޯ، ބެލް ޕެޕާ އަދި ކެޕްސިކަމް އަޅާ މަޑުކޮށްލާށެވެ. ދެން ލޮނުމިރުސް ހަވާދު، ޓޮމާޓޯ ސޯސް އަދި ލޮނުކޮޅެއް އަޅާށެވެ. ދެން މަޑު ގިނީގައި ކައްކާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *