ކުޑައިރުގެ ދުވަސްވަރަކީ އެމީހެއްގެ ހަޔާތުގައި ޚާއްސަ ވަގުތެކެވެ. ކުއްޖާއަށް ވަށައިގެންވާ ދުނިޔެ އެނގިގެންދާ ވަރަކަށް ދުނިޔެއަށް ލޯހުޅުވުމާއި، ކަންކަން ހޯދާބެލުމާއި، ކުޅިވަރާއި، މަޖާކުރުމުގައި ވަގުތުތައް ހޭދަކުރެއެވެ. ބައެއްފަހަރު ބެލެނިވެރިންނަށް މިކަންކަން އެކުދިން ކުރަމުންދާގޮތުން ކަންބޮޑުވެދާނެއެވެ. ސަބަބަކީ އެކުއްޖާގެ ސިއްހަތާއި އުފާވެރި އަދި ދުޅަހެޔޮކަމަށް މަސައްކަތްކުރާ އަދި އެކުދިން ތަރުބިއްޔަތު ކުރުމަށް މަސައްކަތް ކުރާބަޔަކަށް ބެލެނިވެރިން ވާތީއެވެ.
ކުޑަކުއްޖެއްގެ އަސާސީ މަސްއޫލިއްޔަތަކީ ކުޅުމެވެ. ކުއްޖާއަށް ގޭގައި ހަދަން ހަވާލުކުރާ ހޯމްވޯކްތަކާއި، އެކްސްޓްރާ ކަރިކިއުލަރ ހަރަކާތްތަކުން ކުޅެވޭނެއެވެ. ވީމާ ކުދިން ފުރާވަރަށް އަރަންދެންވެސް މަޖާ ކުރުމަށާއި ކުޅުމަށް މިނިވަންކަން ދޭން ޖެހެއެވެ.
ކުޑައިރުގެ ސިކުނޑިތައް އާދަޔާ ޚިލާފު ބާރުމިނުގައި ތަރައްގީވެއެވެ. ބޮޑެތި މީހުންނާ އެއްގޮތް މައްސަލަތަކާއި، އަދި ޔަގީންކަން ނެތް ކަންކަން ފެނުމާއި އަޑުއިވުމުން، ކުއްޖާގެ ނާޒުކު ނަފްސާނީ ހާލަތަށް ނޭދެވޭ އަސަރުތަކެއްވެސް ކުރެއެވެ. އެމީހުންވެސް ކަންބޮޑުވެ، ރައްކާތެރިކަން ނެތްކަމުގެ އިހުސާސް ކުރިމަތިވުމުގެ ފުރުޞަތުވެސް އޮވެއެވެ. ވީމާ އާއިލާތެރޭގައި ޚާއްސަކޮށް ބޮޑެތިމީހުންގެ ތެރޭގައި ޖެހޭ މައްސަލަތައް އެކުދިންނަށް ނާންގާށެވެ. އެފަދަ މަޝްވަރާތަކާއި ޒުވާބުތައް ކުދިންނާއި ވީހާވެސް ދުރުގައި ކުރާށެވެ.
މިއަދުގެ މުޖުތަމަޢުގައި ކުއްޖާ ކާމިޔާބު ހޯދުމަށް ކުރާ ޕްރެޝަރުގެ ސަބަބުން ވާދަވެރިކަމުގެ އިޙްސާސް އުފެއްދުމަކީ ރަނގަޅު ކަމެއް ކަމުގައި ބެލެނިވެރިންނަށް ހީވެދާނެއެވެ. ގިނަފަހަރު ބައެއް ބޮޑެތި މީހުން އެކަން ކުރަނީ އެމީހުން އެކުދިން އެހެން މީހަކާ އަޅާކިޔައިގެންނެވެ. ބައެއް ފަހަރު، ބޮޑެތި މީހުން ވެސް އެހެން ކުއްޖެއްގެ ކިބައިގައި ހުންނަ އެދެވޭ ޝަޚުޞިއްޔަތުގެ ސިފަތައް ފާހަގަކޮށް، އަނެއް ކުއްޖާގެ ކިބައިގައި އެކަންކަން ނަކަލު ކުރުމުގެ އުންމީދުގައި ފާހަގަ ކުރާނެއެވެ. މިފަދަ އަޅާކިޔުމުގެ ނަޒަރިއްޔާތުތަކުގެ ސަބަބުން ކުއްޖާގެ އިތުބާރާއި އަމިއްލަ ނަފްސުގެ އިހުސާސަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ.
ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަމަށް ގަބޫލުކުރާށެވެ. އެކުދިންވެސް ރުޅިވެރިކަމާއި، ހަސަދަވެރިކަމާއި، ހިތާމައާއި، އަދިވެސް އެފަދަ ކަންކަން ކުރިމަތިވާނެ ކަމަށް ވިސްނަންޖެހެއެވެ. އަދި ކުދިންގެ ކިބައިގައިވާ މި ސުލޫކަކީ ބޮޑެތި މީހުންނަށް އުނގެނުމުގެ ރަނގަޅު ފުރުސަތެކެވެ. އަބަދުވެސް ކުދިންގެ ކިބައިގާ ހުންނަ މިފަދަ ސިފަތައް ފާހަގަކުރާށެވެ. އެއްވެސް ކުއްޖަކީ މާ ފުރިހަމަ ކުއްޖެއް ނޫނެވެ.
އެ ސުލޫކު ގަބޫލުކޮށް ކޮންމެ މީހަކަށްވެސް ނޭދެވޭ ޖަޒުބާތުތައް ތަޖުރިބާކުރާކަން ކުއްޖާއަށް ދަސްކޮށްދިނުމާއި، އެކުއްޖާގެ ޖަޒުބާތުތަކާ ބިނާކުރަނިވި ގޮތެއްގައި މުއާމަލާތްކުރާނެ ގޮތްތައް އެކުއްޖާއަށް ދަސްކޮށްދޭން ޖެހެއެވެ. ތެދުތެދަށް ބުނާނަމަ ކުއްޖާގެ އަމިއްލަ މިޒާޖު ކުއްޖާއަށް ދަސްކޮށްދީ އެފަދަ ޖަޒުބާތުތަކަށް ބާރުފޯރުވަން ކުދިންނަށް ދަސްކޮށްދެން ޖެހެއެވެ.
ކުއްޖާ ކުރިއަށް ދިއުމަށް ބުރަ މަސައްކަތެއް ކުރަން ޖެހޭކަން ކުއްޖާއަށް އެނގެން ޖެހެއެވެ. ޒިންމާ އުފުލަންޖެހޭ ކަންކަމުގައި ޒިންމާދު ކުރުވަން ކުދިންނަށް ބުނެދޭށެވެ. އެކި އުމުރުގައި ކުރެވޭނީ އެކިވަރުގެ ކަންކަމެވެ. އެހެންކަމުން އެ އުމުރަށް ވާސިލްވާން އުޅޭއިރު ކުއްޖާ ކަމެއް ފުރިހަމަ ކުރުމަށް އަމިއްލައަށް ފުރުޞަތުދީ އެކަމެއް ކާމިޔާބު ކަމާއެކު ނިންމަން އެހީތެރިވުމަކީ ބެލެނިވެރިންގެ މަސައްކަތެކެވެ. ވީމާ ބޮޑެތި މީހުން އެކުދިންގެ ކޮންމެ ފިޔަވަޅެއް މޮނިޓަރކޮށްގެން އެކަން ކުރުމަށް ފުރުޞަތު ދޭށެވެ.
އާއިލާއެއް އެކުގައި ކުރާ ތަފާތު ކަންތައްތައް ހުރުމަކީ ހަމަޖެހޭ ގޭބިސީއެއްގެ ރަނގަޅު ނިޝާނެކެވެ. ހަމަޖެހުމަކީ ކުޑަކުދިންގެ ތަރައްޤީގެ މުހިންމު ކަމެކެވެ. ޗައިލްޑް ޑިވެލޮޕްމަންޓް އިންސްޓިޓިއުޓުން ބުނާ ގޮތުގައި އާއިލީ ވަގުތު ގަވާއިދުން ލިބުމުން ކުއްޖާއަށް އޭނާގެ މުހިންމުކަމާއި ލޯބިވާ ކަމުގެ އިހުސާސް ކުރެވެއެވެ. އަދި ކުއްޖާއަށް އޭނާގެ ޚިޔާލާއި އިޙްސާސްތައް ވާހަކަދައްކައިގެން ހިއްސާކުރެވި ބެލެނިވެރިޔާއާއި ދަރިފުޅުގެ މެދުގައި ވަރުގަދަ ގުޅުމެއް އުފެދެއެވެ. ވީމާ އުފާވެރި ހަނދާންތަކެއް ކުއްޖާގެ ހަރުލައްވާ އުފާވެރިކަމާއި ހެޔޮއެދޭ ބޮޑެތި މީހުންނަށް ކުދިން ހެދުމަށް ކުއްޖާ ކުޑައިރު ބެލެނިވެރިން ސަމާލުކަން ދޭށެވެ.
