ބޭނުންވާ ތަކެތި
3 ޖޯޑު އަލުވި (ފެނުކައްކާ ޗަސްކޮށްފައި)
1 ޖޯޑު ރޯމަސް (ހިމުންކޮށް ކޮށާފައި)
1 ޖޯޑު ހަނޑޫފުށް
2 ގިތެޔޮމިރުސް (ތުނިކޮށް ކޮށާފައި)
2 ފިޔާ (ތުނިކޮށް ކޮށާފައި)
2 ހިކަނދިފަތް (ތުނިކޮށް ކޮށާފައި)
2 ލުނބޯ (ހުތް ފެލާފައި)
1 ސައިސަމުސާ މުގުުރި އަސޭމިރުސް
1 ސައިސަމުސާ މުގުުރި ދިރި
1 ސައިސަމުސާ މުގުުރި އިނގުރު
ލޮނުކޮޅެއް
ރީނދޫކޮޅެއް
ތައްޔާރު ކުރާނެގޮތް:
ފިޔާ، އިނގުރު، މިރުސް، ލޮނު އަދި މަސްއެއްކޮށް މޮޑެލާށެވެ. ދެން އަސޭމިރުސް، ދިރި ހިކަނދިފަތް، ލުނބޯހުތް އަދި ރީނދޫ އަޅައި ވަރަށް ރަނގަޅަށް މޮޑެލާށެވެ. ދެން އަލުވި އަޅާ މޮޑެލުމަށްފަހު މަސްކޮޅު އަޅާ އެއްކޮށްލާ ގުޅަ ހަދާށެވެ. ދިވެހި ކަވާބު ހުންނަ ބައްޓަމަށް ގުޅަތައް ހަދާށެވެ. ދެން ރަނގަޅަށް ތެލުލާށެވެ.
