ޒައިތޫނި ކެއުމަކީ ފައިދާހުރިކަމެއް

ބައެއް މީހުންނަށް ޒައިތޫނި ކަމުދާއިރު، އަނެއްބައި މީހުން އެއަށް ނަފްރަތު ކުރެއެވެ. ޒައިތޫންޏަކީީ ޒަަމާންތަކެއް ވަންދެން މީހުން  ކެއްކުމަށާއި ކެއުމަށް ބޭނުންކުރާ އެއްޗެކެވެ. މީގެ އިތުރުން ރީތިވުމަށް ބޭނުންކުރާ ތަފާތު އުފެއްދުންތައް އުފެއްދުމަށްވެސް ޒައިތޫނި ބޭނުން ކުރެއެވެ. ތަފާތު ކުލައިގެ ޒައިތޫނި ހިމެނޭއިރު އެ ބޭނުންކުރާ ގޮތް ވަރަށް ބޮޑަށް ތަފާތުވެއެވެ. ގިނަ ފަހަރަށް ފެހި ޒައިތޫނި ރަނގަޅުވެ، ކަޅު ޒައިތޫނި އާންމުކޮށް ކޮށާފައި ޕިއްޒާއަށް އެޅުމަށް ނުވަތަ ސެލެޑް ހެދުމަށްވެސް ބޭނުންކުރެއެވެ.

ޒައިތޫންޏަކީ ހިތުގެ ސިއްހަތު ރަނގަޅުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ގިނަ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ޒައިތޫނި ތެޔޮ، މީގެތެރެއިންވެސް ޚާއްޞަކޮށް އެކްސްޓްރާ ވާޖިން ވައްތަރު ބޭނުންކުރުމުން، ހިތުގެ ނުރައްކާ ބޮޑު މީހުންނަށް ހިތުގެ ބަލިތަކާއި ހިތްހުއްޓުމުގެ ފުރުޞަތު ކުޑަވެގެންދާނެއެވެ.

ޒައިތޫންޏަކީ ކެންސަރުގެ ނުރައްކާ ކުޑަކުރުމަށް ވަރަށް ރަނގަޅު ކާނާއެކެވެ. ޒައިތޫނި ގައި ހުންނަ މާއްދާއެއްގެ ސަބަބުން ކެންސަރު ސެލްތައް މަރާލާ  ކަމަށް ދިރާސާތަކުން ދައްކާފައިވެއެވެ. އަދި ޒައިތޫނި ތެޔޮ ބޭނުންކުރުމުން އުރަމަތީގެ ކެންސަރު ފަދަ ކެންސަރުތައް ޖެހުމުގެ ފުރުސަތު ކުޑަކުރުމާ ގުޅުމެއް އެބައޮތެވެ.

ޒައިތޫނި ތެލުގައި ހިމެނޭ އޮލިއޯކެންތަލް އަކީ އަލްޒައިމާ ބައްޔާއި ސިކުނޑިއާ ގުޅުން ހުރި އެހެން ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވުމާ ގުޅުން ހުރި އެއްޗެކެވެ. މި ކޮމްޕައުންޑުގެ ސަބަބުން ޑިމެންޝިއާއަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެއް ކަމަށްވާ ޑޮނެޕެޒިލްގެ ހަރަކާތް ވެސް އިތުރުވެގެންދެއެވެ.

ހަކުރުބަލީން ރައްކާތެރިވުމަށްޓަކައި ޒައިތޫންޏަކީ ބޭނުންކުރަން ރަނގަޅު ކާނާއެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޒައިތޫނި ތެޔޮ ބޭނުންކުރުމުން ހަށިގަނޑުގައި ގުލްކޯޒް (ހަކުރު) ރެގިއުލޭޓް ކުރުމަށް އެހީތެރިވެދީގެން ޓައިޕް 2 ހަކުރުބައްޔާއި އެއިން ރައްކާތެރިވުމާވެސް ގުޅުމެއް އެބައޮތެވެ. ހަކުރުގެ އަދަދު ހަށިގަނޑުގައި  ރެގިއުލޭޓް ނުކުރުމަކީ ޓައިޕް 2 ހަކުރުބަލި ޖެހުމަށް މަގުފަހިވާ ކަމެކެވެ. ޒައިތޫނީގައި ވިޓަމިން އީ އާއި އެހެނިހެން އެންޓިއޮކްސިޑެންޓްސް ގިނަކަމުން ކެންސަރު، ހަކުރުބަލި، ސްޓްރޯކް، އަދި ހިތުގެ ބަލިތައް ފަދަ ސިއްހީ ހާލަތްތަކުގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވެދެވިދާނެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *