އިންސާނާގެ ޙަޔާތުގެ އަނެއް ޖާދޫއަކީ މީހެއް، އޭނާގެ ވެރިކަމެއްގައި އަޅުވެތިކަމުގެ ދަށުގައި ތިބޭއިރު ދުޝްމަނުންނާ މުޢާމަލާތްކުރާ ގޮތެވެ.
ރަސޫލާ މުޙައްމަދު ﷺ އަށް އަނިޔާވެރިކަމާއިއެކު މުޝްރިކުން ދިން ޒަޚަމްތައް އިހުސާސްކުރެއްވިއެވެ. އަދި އެކަލޭގެފާނުންގެ ސަހާބީންނާއި އެކުވެރިން ގަތުލުކުރުންފަދަ އަނިޔާވެރި އެތައް ކަމެއް ކުރިމަތިވެވަޑައިގަތެވެ. ނަމަވެސް އެކަލޭގެފާނުގެ އެންމެ ބޮޑު ދުޝްމަނުންނާ މުޢާމަލާތް ކުރެއްވީ ލޯތްބާއި އިޙްތިރާމާއި އެކުގައެވެ. އެހެންކަމުން މުޙައްމަދު ﷺ ފަދަ އަލިގަދަ ޝަޚޞިއްޔަތެއް ތާރީޚަކު ނުވެއެވެ.
ބަދުރު ހަނގުރާމައިގެ އަސީރުން މަދީނާއަށް ގެންދިޔުމުން މުސްލިމުންނަށް އަންގަވާފައިވަނީ އެމީހުންނަށް ރަޙްމަތްތެރިކަމާއެކު އަދި އޯގާވެރިކަމާއިއެކު ޢަމަލުކުރުމަށެވެ. ގައިދީންނާއިމެދު ކަންތައް ކުރެއްވީ ހަނގުރާމައިގައި ބަލިވި އަސީރުންނަށް އެންމެ ރަނގަޅު ކެއުން ދިނުމަށެވެ.
މުޙައްމަދު ﷺ ގެ ބޮޑުބޭބޭފުޅު ޢައްބާސްގެފާނު ބަނދެފައި ހުރިއިރު އެކަލޭގެފާނުގެ ކުކުރުމުގެ އަޑު އިވިވަޑައިގަތުމުން ރަސޫލާ މުޙައްމަދު ﷺ ކީރިތި ކުރެއްވިއެވެ. އެކަން ޢުމަރުގެފާނަށް އެނގިވަޑައިގަތުމުން ބަދެފައިވާ އައްބާސްގެފާނު މުހާލެއްވިއެވެ. އެހެންކަމުން ރަސޫލާ މުޙައްމަދު ﷺ އަސީރުންނާއި މެދުގައި ކަންކުރަންވީގޮތުގެ މަޝްވަރާ ޢުމަރުގެފާނާއި އަދި އަބޫބަކުރުގެފާނުގެ އަރިހުން ހޯއްދެވިއެވެ. ޤައިދީންނާމެދު އަމަލު ކުރާނެ ގޮތަކާމެދު ޢުމަރުގެފާނު ދެއްވި މަޝްވަރާއަކީ އެމީހުން މަރާލުމަށެވެ. ނަމަވެސް އަބޫބަކުރުގެފާނު ހުށައެޅުއްވީ ފިދްޔައެއް ނެގުމަށްފަހު މިނިވަން ކުރުމަށެވެ. އެންމެ ހިތްހެޔޮ ރަސޫލާއަށް އަބޫބަކުރުގެ ހުށަހެޅުން ކަމުދިޔައެވެ. ފިދްޔައިގެ އަދަދަކީ އަޅުވެތިންގެ މާލީ ހާލަތަށް ބަލާއިރު 4000 ދިރުހަމުން 10000 ދިރުހާއި ހަމައަށެވެ. ހަނގުރާމައިގެ އަސީރުންގެ ތާރީޚުގައި މުޙައްމަދު ﷺ ފާހަގަކޮށްލެވޭ އެހެން ގޮތެއް ގެންގުޅުއްވިއެވެ. އެއީ އެއްވެސް ގައިދީއަކަށް ފިދްޔައިގެ އަދަދު ނުދެއްކޭނަމަ އޭނާގެ މިނިވަންކަމަށްޓަކައި 10 ކުދިންނަށް ލިޔަންކިޔުމުގެ ފަންނު ދަސްކޮށްދެއްވުމެވެ.
ސޮހައިލް ބިން އަމްރަކީ ގައިދީންގެ ތެރޭގައި ވާހަކަ ދައްކާ އުޅުނު ކުޅަދާނަ މީހެކެވެ. އިސްލާމްދީނާ ދެކޮޅަށް ކަންކަން ރޭވުމާއި ވާހަކަދެއްކުމުގައި ވިސްނުންތޫނު ކަމާއިއެކު ވާހަކަ ދައްކާ ޅެންވެރިއެއްގެ ގޮތުގައި ބެލެވޭތީ އެކަން ހުއްޓުވުމުުގެ ގޮތުން އޭނާގެ މަތީ ދަތްތައް ނެގުމަށް ޢުމަރުގެފާނު ވިދާޅުވިއެވެ. ނަމަވެސް ސޮހައިލް ބިން އަމްރު ނަބިއްޔާގެ އަރިހުން އެދިވަޑައިގަތީ އޭނާގެ ފަސް އަންހެން ދަރިން ތިބި ކަމަށާއި ފިދްޔައިގެ އަދަދު ނުދެއްކޭނެ ކަމަށެވެ. ރަޙްމަތުގެ ނަބިއްޔާ ސޮހައިލް ދޫކޮށްލީ ފިދްޔައިގެ ފައިސާއެއް ނެތިއެވެ. އަނދަމުންދާ އަލިފާންގަނޑަކަށް ގައިދީން އުކާލުމަށް ޢަބްދުﷲ ބިން ރަވާހް ހުށަހެޅުއްވި ނަމަވެސް ރަޙްމަތުގެ ނަބިއްޔާ އޭނާގެ ހުށަހެޅުމަށް އިހުމާލުވެވަޑައިގެންނެވިއެވެ.
(ނިމުނީ)
