މަސްބަތް

ބޭނުންވާނެތަކެތި:

2 ޖޯޑު ހަރު ހަނޑޫ

4 ޖޯޑު ފެން

2 ގަނޑު ވަޅޯ މަސް  (ކުދިކޮށް ކޮށާފައި )

1 މޭޒުމަތީ ސަމުސާ މިރުސް (ކުދިކޮށް ކޮށާފައި)

2 އިންޗި ފޮނިތޮށި

3 ކަރަންފޫ

3 ކާފޫރު ތޮޅި ( ކޮޅު ކަނޑާލާފައި)

1 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައި)

1 މޭޒުމަތީ ސަމުސާ އަސޭމިރުސް (ނުމުގުރާ)

1½ ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި)

2 ލޮނުމެދު (ގާނާފަ)

⅓ ޖޯޑު ހިކަނދި ފަތް

5 ރާނބާ ފަތްކޮޅު (2 އިންޗި ހުންނަވަރުގެ)

½ ސައިސަމުސާ ރީނދޫ

3 މޭޒުމަތީ ސަމުސާ ތެޔޮ (ކައްކާތެޔޮ)

ރަހަލާ ވަރަށް ލޮނުކޮޅެއް

 

ތައްޔާރުކުރާނެގޮތް:

ހަނޑޫކޮޅު ރަނގަޅަށް ދޮވެލުމަށް ފަހު ފެން ހިއްކާލަން ބަހައްޓާށެވެ. ތެއްޔެއްގައި ތެޔޮކޮޅު ހޫނުކޮށްލާށެވެ. ފިޔާކޮޅު މީރުކޮށްލުމަށްޓަކައި ފިޔާ، ލޮނުމެދު، މިރުސް، ކާފޫރުތޮޅި، ފޮނިތޮށި، ހިކަނދިފަތް އަދި ރާނބާފަތް ތެޔޮކޮޅަށް އަޅާށެވެ. ދެން ރަނގަޅަށް ރަތްކޮށްލާށެވެ. މަސްކޮޅު އަޅާލާ ރަނގަޅަށް ރޯފިލަންދެން ކައްކާލާށެވެ. ހަނޑޫކޮޅާއި ބާކީ ހުރި އެހެން ތަކެތި އަޅާލާށެވެ. މަޑު ގިނީގައި ހުރިހައި އެއްޗެއް އެއްކޮށްލާ ރަނގަޅަށް ބަތް ހިނދެންދެން ކައްކާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *