އިސްތަށިގަނޑު ދޮވުމާއި ގުޅޭގޮތުން އެކިމީހުން ވާހަކަ ދައްކަނީ އެކިގޮތަށެވެ. ބައެއް މީހުން ހަފްތާއަކު ދެފަހަރު ބޯ ދޮންނައިރު އަނެއްބަޔަކު ކޮންމެ ދުވަހަކުވެސް ބޯދޮވެއެވެ. އިސްތަށިގަނޑު ދޮންނަންވީ ހަމައެކަނި ކޮންމެހެން ކުރަންޖެހޭ ވަގުތުތަކުގައެވެ.
އިސްތަށިގަނޑަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ އެއްޗެއް ހޯދުމަށް ގިނަ ވަގުތާއި ކެތްތެރިކަން ބޭނުންވެއެވެ. ފަށަންވީ ތަނެއް ފުރިހަމައަށް ނޭނގޭނަމަ ދުވާލަކު އިސްތަށިގަނޑު ދޮވުމުގެ އާދައަށް ވެއްޓިދާނެއެވެ. ނަމަވެސް މިއީ އަބަދުވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
ފޮކްސީ ލޮކްސްގެ އިސްތަށިގަނޑު ބެލެހެއްޓުމުގެ މާހިރު ސޯލް މެސްކިން އެކްސްޕްރެސް ޑޮޓް ކޮމް އަށް ވިދާޅުވީ އިސްތަށިގަނޑު ބޮލުގެ ހަންގަނޑާއި ގުޅިފައިވަނީ ފޮލިކަލްއަކުން ކަމަށާއި މި ފޮލިކަލް ގުޅިފައިވަނީ ވިޓަމިންތަކާއި ތެތްކަން އުފައްދާ ގްލޭންޑްތަކާ ކަމަށާއި އެ ގްލޭންޑްތައް އިސްތަށިގަނޑަށް ފޮނުވާލާ ކަމަށެވެ.
މާގިނައިން އިސްތަށިގަނޑު ދޮވެއްޖެނަމަ، ގްލޭންޑްތަކުން އުފައްދާ ހުރިހާ ގުދުރަތީ ތެޔޮތަކެއް އިސްތަށިގަނޑުގައި ދޮވެލާނެއެވެ. މާނައަކީ އެ ގްލޭންޑްތަކުން ދެން އިސްތަށިގަނޑަށް އެއްވެސް ހެޔޮކަމެއް ނުފޯރުކޮށްނުދެވި އިސްތަށިގަނޑު ދިރުމެއް ނެތި ހިކިކޮށްލުމެވެ.
ސިމޯން ތޯމަސް ވެލްނެސްގެ އިސްތަށިގަނޑުގެ މާހިރު ސިމޯން ތޯމަސް އިތުރަށް ބުނީ އިސްތަށިގަނޑުގައި ޒަރޫރީ ތެޔޮ ނައްތާލުމަކީ ހަމައެކަނި އެއް މައްސަލަ ކަމަށާއި، ބޮލުގައި ރިއްސުމާއި އަދި އިސްތަށިގަނޑު ހިކުންފަދަ ކަންކަން މީގެ ސަބަބުން މެދުވެރިވާ ކަމަށެވެ. އަދި އިސްތަށިގަނޑު ހިކި، ފަޅައިގެން ދިއުމަށް ވެސް ފަސޭހަ ވެދާނެ އެވެ.
ވީމާ އާންމު ލަފާއަކީ ހަފްތާއަކު ގިނަވެގެން އެއްފަހަރާއި ދެފަހަރާ ދެމެދުގެ އަދަދަކަށް ދޮވެ ސާފުކުރުމެވެ. ނަމަވެސް ދޮންނަންވާނީ އިސްތަށިގަނޑުގައި ފެންނަ ފެނުމުގައި ތެޔޮ ހުންނަ ވަގުތުތަކުގައެވެ.
