ޕްރިޔަންކާ އޭނާގެ އެންމެ ފަހުގެ އިންސްޓަގްރާމް ސްޓޯރީސްގައި އޭނާގެ އަންހެން ދަރިފުޅު މާލްތީ މާރީ ޗޯޕްރާ ޖޯނަސްގެ މޫނު ހާމަކޮށްފިއެވެ. ފިރިމީހާ ނިކް ޖޯނަސްއާއި އޭނާގެ އަންހެން ދަރިފުޅު އުފަންވީ 2022 ވަނަ އަހަރުގެ ކުރީކޮޅު އެވެ.
މާލްތީގެ އާ ފޮޓޯއިން ފެންނަނީ ހުދު ޓީޝާޓެއްގައި ‘ދޭސީ ގާލް’ ޖަހާފައި ހުރި ޓީޝާޓެއް ލައިގެން ހުއްޓައެވެ. މަލްތީގެ ކުޑަކުޑަ އަތާއި ފައިގެ އިތުރުން މޫނުގެ ދެބައިކުޅަ އެއްބައި ވެސް އެ ފޮޓޯއިން ފެނެ އެވެ.
މީގެ ދެތިން ދުވަސް ކުރިން ޕްރިޔަންކާ އޭނާގެ ލޮސް އެންޖެލިސްގެ ގެއިން އާއިލާއާއެކު ހަފްތާ ބަންދެއް ހޭދަކުރަމުން ދިޔަތަން ފެނިފައިވެ އެވެ. އޭނާ އާއި ނިކް ޖޯނަސް މާލްތީއާއެކު އެމީހުންގެ ޕޫލް ކައިރީގައި ވަގުތު ހޭދަކުރި އެވެ. އަދި އެމީހުންގެ ކެއުމުގެ އިތުރުން އާއިލާއާއި އެހެން އެކްޓަރުންވެސް ވަނީ އިންސްޓަގްރާމްގައި އެކަން ހާމަކޮށްފައެވެ.
ޕްރިޔަންކާ އާއި ނިކްގެ ދަރިފުޅު އުފަންވީ، ޖެނުއަރީ މަހުގެ 15 ދުވަހުގެ ރޭ ކެލިފޯނިއާގެ ސެން ޑިއޭގޯގައެވެ. ސަރޮގޭޓް ކޮށްގެން ހޯދި މި ދަރިފުޅާއި ބެހޭ އެއްވެސް މައުލޫމާތެއް, ދަރިފުޅު އުފަންވުމާއި ހަމައަށްވެސް ޕްރިޔަންކާ އާއި ނިކް ހާމަކޮށްފައެއް ނުވެއެވެ.
