އާލިއާ ބަޓްއާއި ޕްރިޔަންކާ ޗޯޕްރާ ބަލިކޮށް ދީޕިކާ އިންޑިއާގެ 1 ވަނަ ބަތަލާއަށް ހޮވިއްޖެއެވެ. އިންޑިއާ ޓުޑޭ އިން ދާދި ފަހުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި އިންޑިއާގެ ސިނަމާގެ އެއްވަނަ ބަތަލާގެ ގޮތުގައި އަނެއްކާވެސް ދީޕިކާ އަށް ވޯޓު ދީފައިވާއިރު، ދެން އޮތީ ކެޓްރީނާ ކައިފް، އާލިއާ ބަޓް، ޕްރިޔަންކާ ޗޯޕްރާ އަދި ކަންގަނާ ރަނައުތު އެވެ.
ދީޕިކާ ދުވަހަކުވެސް އޭނާގެ ޝަޚުޞިއްޔަތާއި ރީތިކަމުން މީހުން ހޯދުމަށް ނާކާމިޔާބުވެފައެއް ނުވެއެވެ. ބޮލީވުޑްގެ މަޝްހޫރު ފިލްމު 'އޯމް ޝާންޓީ އޯމް' އިން ފެށިގެން ވިން ޑީސަލް އާއެކު ހޮލީވުޑްގެ ފިލްމު 'އެކްސްއެކްސްއެކްސް: ރިޓަން އޮފް ޒެންޑަރ ކޭޖް' އަށް އޭނާ ކުރި ދަތުރަކީ އާދައިގެ ދަތުރެއް ނޫނެވެ.
އުނދަގޫ ރޯލުތައް ނަގައިގެން އެ ރޯލްތައް ވަނީ ފިލްމު އިންޑަސްޓްރީގައި ވަރަށް ބޮޑަށް ފާހަގަ ކުރެވިފައެވެ. އަދި އެކަން ސާވޭތަކާއި ޕޯލްތަކުން ވެސް ފެނެ އެވެ.
ދީޕިކާ ދެން ފެނިގެންދާނީ "ޕަތާން" އިން ޝާހްރުކްޚާން އާއެކު އެވެ. އަދި ރިތިކް ރޯޝަން އާއެކު "ފައިޓާ" ގައިވެސް ފެނިގެންދާނެއެވެ.
