އެކުވެރިންގެ ނުފޫޒު އެނގެންޖެހޭ؟

އެކުވެރިންގެ ނުފޫޒަކީ ކުރަންބޭނުން ނުވާކަމެއް ކުރުމުން ރައްޓެހިންގެ ފަރާތުން އޭނާ ބަލައިގަނެ އަދި އޭނާގެ އަގު އުފުލޭކަން އިހުސާސް ކުރުމެވެ. އެއީ ހަމައެކަނި ނުވަތަ އަބަދުވެސް ތިމާގެ އިޚްތިޔާރާ ޚިލާފަށް ކަމެއް ކުރުމެއް ނޫނެވެ. ގިނަފަހަރަށް މި ނުފޫޒުގައި ޖެހި އެކަންކުރަން ކުއްޖާ ބޭނުންވަނީއެވެ.

‘ޕީއާރ ޕްރެޝަރ’ މި ލަފުޒު ގިނައިން ބޭނުންކުރާ އަޑު އިވިދާނެއެވެ. އެކަމަކު އެކުވެރިންގެ ނުފޫޒަކީ ފުރާވަރުގެ ކުދިންނަށް ދިމާވާކަމެކެވެ. އެއީ ސުލޫކު ބައްޓަންވާ ގޮތް ބަޔާންކުރުމަށް ރަނގަޅު ގޮތަކީ އެމީހުން ނިސްބަތްވާ ރައްޓެހިން ނުވަތަ އެކުވެރިންގެ ގްރޫޕަކަށް ކަމަށް އިހުސާސް ކުރަން ބޭނުންވުމުންނެވެ.

އެކުވެރިންގެ ޕްރެޝަރާއި ނުފޫޒު ޕޮޒިޓިވް ވެދާނެ އެވެ. މިސާލަކަށް ދަރިފުޅަށް ނުފޫޒު ފޯރުވައިގެން އިތުރަށް ވަރުގަދަވެ، އާ ހަރަކާތްތަކެއް ޓްރައިކޮށް ނުވަތަ ސްކޫލުގެ ކަންކަމުގައި އިތުރަށް ބައިވެރިވެދާނެ އެވެ.

އެކަމަކު އެއީ ނެގެޓިވް ކަމެއް ވެސް ވެދާނެ އެވެ. ފުރާވަރުގެ ކުދިން އާންމުކޮށް ޝައުގުވެރި ނުވާނެ ކަންތައްތައް، ދުންފަތުގެ އިސްތިއުމާލުކުރުން ނުވަތަ އިޖުތިމާޢީ ޚިލާފު ގޮތްގޮތަށް އަމަލުކުރުން ފަދަ ކަންކަން ކުރަން ކުދިން އިޚްތިޔާރު ކުރެއެވެ.

އެކުވެރިންގެ ޕްރެޝަރާއި ނުފޫޒުގެ ސަބަބުން ފުރާވަރުގެ ކުދިންނަށް ކުރިމަތިވެދާނެ ބައެއް ކަންކަން:

  1. އެމީހުންގެ ރައްޓެހިންނާ އެއް ހެދުމެއް، އިސްތަށިގަނޑުގެ ސްޓައިލެއް ނުވަތަ ގަހަނާއެއް އިޚްތިޔާރު ކުރުމެވެ.
  2. އެމީހުންގެ ރައްޓެހިންނާ އެއް މިއުޒިކެއް އަޑުއަހާ ނުވަތަ އެއް ޓީވީ ޝޯވތައް ބަލާލުމެވެ.
  3. އެމީހުން ވާހަކަ ދައްކާ ގޮތް ނުވަތަ އެމީހުން ބޭނުންކުރާ ބަސްތަކަށް ބަދަލު ގެނައުމެވެ.
  4. ރިސްކު ބޮޑު ކަންތައްތައް ކުރުން ނުވަތަ ގަވާއިދުތަކާ ޚިލާފުވުމެވެ.
  5. ސްކޫލުގައި އިތުރަށް ބުރަކޮށް މަސައްކަތް ކުރުން ނުވަތަ އެހާ ބުރަކޮށް މަސައްކަތް ނުކުރުމެވެ.
  6. ކުދިންނާއި ރައްޓެހިވުން ނުވަތަ ޖިންސީ ހަރަކާތްތަކުގައި ބައިވެރިވުމެވެ.
  7. ދުންފަތުގެ އިސްތިޢުމާލުކުރުން ނުވަތަ ބަނގުރާ ނުވަތަ އެނޫންވެސް މަސްތުވާތަކެތި ބޭނުންކުރުމެވެ.
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *