ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ޓްއަރިޒަމް މިނިސްޓްރީން ފަށައިފިއެވެ.
ޓްއަރިޒަމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނާއި، މިސިނާޢަތަށް ފާހަގަކޮށްލެވޭ އިސްދައުރެއް އަދާކުރައްވާފައިވާ ބޭފުޅުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް އެމިނިސްޓްރީން ކުރަމުން އެބަގެންދާ ކަމަށެވެ.
މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ ފަރާތްތަކާއި، ދިގު މުއްދަތުގެ ޚިދުމަތުގައި ތިއްބެވި ފަރާތްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް މުހިއްމު ކުރިއެރުމެއް ގެނައުމުގައި އިސްދައުރެއް އަދާކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު، އެއްކޮށް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީއިން ކުރަމުންދާކަމާއި މިގޮތުން ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިމަޢުލޫމާތު ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، އާއްމުންގެ ފަރާތުންވެސް މިމަޢުލޫމާތު ހޯދުމަށް ބޭނުންވާ ކަމުގައެވެ.
"އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކާއި، މިދާއިރާގައި ފާހަގަކޮށްލެވޭ މުހިއްމު ދައުރެއް އަދާކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު، 4 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުމަށް ހުޅުވާލާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ." މިނިސްޓްރީގެ އިޢުލާންގައި ވެއެވެ.
ލިންކް: https://tinyurl.com/yc53zrwj
