ގޭތެރެ ސާފުކުރުމަށް އެހީއެއް.

ތިމާއަކީ “ސާފު” މީހެއްގެ ގޮތުގައި ނުދެކޭނަމަ، ތިމާ އުޅޭތަނަކީވެސް ސާފުތާހިރު ތަނަކަށް ނުވާނެއެވެ. ސާފުތާހިރުކަމަކީ މީހުން އުފަންވާއިރު އުފެދޭ ކަމެއް ނޫނެވެ. ސާފުތާހިރުކަމަކީ މީހާގެ ހިތްވަރާއި ޝައުގުވެރިކަމާއިއެކު ކުރުމުން ވެވޭނެ ދަސްވާނެ އަދި އާދަވާނެ ކަންކަމެވެ.

ވީމާ ސާތާހިރު ވުމަށް ކުރެވިދާނެ ބައެއްކަންކަން ހިއްސާ ކޮށްލާނަމެވެ. ބައެއް މީހުންނަށް ސާފުކުރުމަށް ބޭނުންކުރާ ތަކެތި ގޯސްކޮށް ބޭނުން ކުރެވިދާނެއެވެ. ނުވަތަ ހަމައެކަނި ސާފުކުރުމުގެ ބައެއް ނުބައި އާދަތައްވެސް ހުރެދާނެއެވެ. ވީމާ މި މައުލޫމާތުން ކުޑަކޮށް އުފެއްދުންތެރިކަމާއެކު ގޭތެރެ ސާފުކުރެވިދާނެގޮތް އެނގިދާނެއެވެ.

ތިމާއަކީ “ތަކެތި” އެއްކުރާ މީހެއްގެ ގޮތުގައި ނުވާށެވެ. ނަމަވެސް، ތަކެތި އަބަދުވެސް ކޮންމެ ކަނެއްގައި އަދި ކޮންމެ ކައުންޓަރ ޓޮޕެއްގައި ވެސް ޖަމާވާހެން ހީވެއެވެ. ބޭނުން ނުކުރާއެއްޗިހި ގޭތެރޭގައި ޖަމާކޮށްފައި ނުބަހައްޓާށެވެ. އައު އެއްޗެއް ގަންނައިރު، ޓޮސްކޮށް، ގިނަދުވަހު ނުބަހައްޓާ ވިއްކާލާށެވެ. ނުވަތަ ދުވަސްވީ އެއްޗިހި ހަދިޔާކުރާތާކަށް ހަދިޔާކޮށް ގޭތެރެއިން ތަކެތި މަދުކުރާށެވެ.

ގިނަ ގޭގޭގައި މޭޒުމައްޗާއި އަލަމާރިމަތި ހުންނާނީ އެއްޗިހިން ފުރިފައެވެ. އެތަންތަނަކީ ސާފު، ހުސް ތަނަކަށް ވާން ޖެހޭ ތަނެކެވެ. ބާކީވާ އެއްޗިހި އުކާލުމުގެ އާދަ ނެތުމުން އެތަކެތި ޖަމާވަނީ މޭޒުމައްޗާއި އަލަމާރިމަތިފަދަ ތަންނަށެވެ. ސާފު ގެތަކެއް ހުރި މީހުން އެ މައްސަލަ ވަގުތުން ހައްލު ކުރެ އެވެ.

ސާފުތާހިރު މީހުން ސާފުކުރުމުގެ ނިޒާމުތައް ގޭތެރޭގައި ގާއިމްކޮށްފައިވެ އެވެ. ސާފު ގެތަކުން ހަމައެކަނި އަޖައިބު ކުރުވަނިވި ގޮތަކަށް އަމިއްލައަށް ސާފު ނުކުރެވެއެވެ. ރީތިކޮށް ހުންނަ މީހުން ކަންކަން ބެލެހެއްޓުމާއި ތަރުތީބުކޮށް ބެހެއްޓުމަށް ޕްރޮޓޮކޯލެއް ގާއިމްކޮށްފައިވެ އެވެ. ސާފުކޮށް ގެދޮރު ހުންނަ މީހުން ސާފުކުރުމުގެ ޝެޑިއުލާއި ރޫޓިންސް ތަކެއް ހުންނަން ޖެހޭތީ ނަޖިހާއި ދޮންނަ އެއްޗެހި ގިނަވާން ވަގުތެއް ނުލިބެއެވެ.  މިސާލަކަށް ކޮންމެ ހޯމަ ދުވަހަކު ވެކިއުމް ކުރުމަށް ނުވަތަ ދޮންނަން ކަނޑައެޅިފައިވާ ދުވަހެއް ކަނޑައަޅައިގެން އެ ބޮޑެތި މަސައްކަތްތައް ކުރާނަމަ އެ މަސައްކަތްތައް ފަހަށް ނުބަހައްޓާ ގޭތެރެ ސާފުކޮށް ބެހެއްޓެއެވެ. އޭރުން ކޮންމެ ދުވަހަކު ކުޑަކުޑަ ކަމަކުން ގޭތެރެ އޮންނާނީ އަބަދުވެސް ރީތިކޮންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *