ފުރާވަރުގެ ކުދިން ރަހްމަތްތެރިންނާއެކު ވަގުުތު ހޭދަކުރުން

ފުރާވަރުގެ ކުދިންގެ ތެރޭގައި ތަފާތު އެތައް ވައްތަރެއްގެ ރައްޓެހިން ތިބެއެވެ. ދަންނަ މީހުންނާއި، އެކުވެރިންނާއި، ކްލާސް ކުދިންނާއި، ސްކޫލް ރައްޓެހިންނާއި، މިސްކިތުން ނުވަތަ ކުޅިވަރުގެ ރައްޓެހިންނެވެ. މިހުރިހާ ރައްޓެހިކަމެއްގެ ގާތްކަން ތަފާތެވެ.  ނަމަވެސް ފުރާވަރުގެ ކުދިންގެ އެކުވެރިކަމުގެ ގުޅުންތައް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ދައުރަށް ބަލާފައިވެއެވެ.

މި މުހިންމު ރަހުމަތްތެރިންގެ ގުޅުންތަކުގެ ގާތްކަމަށް ބެލުމުން ފާހަގަވަނީ ފުރާވަރުގެ ކުދިންގެ ޑިޖިޓަލް އެކުވެރިކަމުގެ ގުޅުން އިތުރުވަމުންދާކަމެވެ. ގިނަފަހަރަށް ފުރާވަރުގެ ކުއްޖެއްގެ “އެންމެ ގާތް އެކުވެރިޔާ” މާނަކޮށްފައިވަނީ “ތިމާއަށް ހަގީގަތުގައި މުހިންމު ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާލެވޭނެ މީހެކެވެ.  އެކަމަކު ގިނަފަހަރު އެއީ ލޯބިވެރިޔާ ނޫން މީހަކެވެ. ޕިއު ރިސާޗް ސެންޓަރުން ހަދާފައިވާ ސާރވޭއެއްގައި ބައިވެރިވި %4 ފުރާވަރުގެ ކުދިން ބުނެފައިވާ ގޮތުގައި އެމީހުންގެ ދިރިއުޅުމުގައި މި މިންގަނޑަށް ފެތޭ މީހަކު ނެތް ކަމަށާއި، އިތުރު %1 މީހުން އެންމެ ގާތް ރައްޓެއްސަކު ހުރިތޯ ނުވަތަ ނޫންކަން ދައްކަން ބޭނުން ނުވާ ކަމަށެވެ.

ފުރާވަރުގެ ކުދިން ގާތް ރައްޓެހިންނާއެކު ވަގުތު ހޭދަކުރާ އެންމެ ގިނައިން ތަންތަނަކީ ސްކޫލާއި ރައްޓެހިންގެ ގެތަކާއި އޮންލައިންކޮށް އުޅޭ ތަންތަނެވެ

ޖުމްލަކޮށް ބަލާއިރު ސްކޫލަކީ ފުރާވަރުގެ ކުދިން ބުނާ ގޮތުގައި އެންމެ ގާތް ރައްޓެހިންނާއެކު ވަގުތު ހޭދަކުރާ އެންމެ މަތީ ތަނެވެ. ކޮންމެ ފަސް ފުރާވަރުގެ ކުދިންގެ ތެރެއިން ހަތަރު ކުދިން (83%) ބުނަނީ އެ ރަހުމަތްތެރިޔާއާއެކު ސްކޫލުގައި ގަވާއިދުން ވަގުތު ހޭދަކުރާ ކަމަށެވެ.

ސްކޫލް ފިޔަވައި، އެންމެ ގާތް ރައްޓެއްސަކާއެކު ވަގުތު ހޭދަކުރުމަށް ދެން އެންމެ އާންމު ތަނަކީ ރައްޓެހިކުއްޖާގެ ގޭގައެވެ. ދެބައިކުޅަ އެއްބައި (55%) ފުރާވަރުގެ ކުދިން ބުނަނީ އެމީހުންގެ އެންމެ ގާތް އެކުވެރިޔާއާއި އެކު އޮންލައިންކޮށް ވަގުތު ހޭދަކުރާ ކަމަށާއި، ސޯޝަލް މީޑިއާގައި މުއާމަލާތް ކުރުން ނުވަތަ ވީޑިއޯ ގޭމް ކުޅުން ފަދަ ކަންކަން ކުރާ ކަމަށެވެ. މީގެ އިތުރުން ފުރާވަރުގެ ކުދިން ބުނާ ގޮތުގައި ކޮފީ ޝޮޕެއް، މޯލެއް ނުވަތަ ފިހާރައެއް ފަދަ ތަންތަނުގައި އެންމެ ގާތް އެކުވެރިޔާއާއެކު ވަގުތު ހޭދަކުރެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *