ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ ފިލާވަޅަކީ ތަފާތު މީހުންނާއެކު ދިރިއުޅުން- ރައީސް

ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުމަކީ ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި އެއް ފިލާވަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ދުވަހަކީ ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަކުރާ ދުވަސްކަމުން މިއަހަރުގެ ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަކުރުމުގެ ގޮތުން ދެއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތަޙުނިޔާގެ ޚިޠާބުގައި އިތުރަށް ވިދާޅުވީ، ކީރިތި ރަސޫލާގެ ވަސްމީރު ޒިކުރާ އަޅުގަނޑުމެން އާކުރަނީ، އެކަލޭގެފާނުގެ ނަބަވީ ސީރަތުން ލިބިދޭ ޢިބްރަތްތެރި ފިލާވަޅުތަކުންކަމަށާއި އަދި އެއީ އަޅުގަނޑުމެންގެ ދެދުނިޔެ ބާއްޖަވެރި ކުރުމުގެ މަތިވެރި މަޤްޞަދުގައި ކަމަށެވެ. އަދިހަމައެއާއިއެކު، އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމަށާއި، އިސްލާމީ އުންމަތް އުފެދި ބިނާވެގެން އައީ، އެ ވަރުގަދަ ގުޅުމުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން ދުނިޔޭގައި ކުރިން އޮތް ބާރުތަކާއި ޙަޟާރަތްތަކުގެ މައްޗަށް އިސްލާމީ އުންމަތް ކާމިޔާބު ހޯދި އަސްލަކީވެސް ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި މަސައްކަތްކުރެވިގެން ކަމެވެ.

އަދި އަހަރަކު އެއްފަހަރު، މައުލިދުއް ނަބަވީ ފާހަގަކުރާ އިރު، މި އަހަރުގެ ހިތާބުގައި އެމަނިކުފާނު ފާހަގަކުރެއްވީ، އަޅުގަނޑުމެންގެ ދިރިއުޅުމުން ހެޔޮ ބަދަލުތަކެއް ފެންނަންޖެހޭ ކަމަށާއި ކީރިތި ރަސޫލާ މީސްތަކުންގެ މެދުގައި ގުޅުން ބަދަހި ކުރެއްވުމުގައި ޢަމަލުކުރެއްވި ގޮތްތައް އިތުރަށް ބަޔާން ކޮއްދެއްވާފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *