އެންމެންވެސް އުޅެނީ ވަރަށް އަވަދިނެތި އުޅޭ ދިރިއުޅުމެކެވެ. މަސައްކަތް ނިންމާފައި ދުވަހުގެ މައިގަނޑު މަސައްކަތް ނިމޭއިރު މީހާވަނީ ވަރަށްބޮޑަށް ވަރުބަލިވެފައެވެ. ވަރުބަލި ފިލުވާލުމަށާއި ހަކަތަ އިތުރުކުރުމަށް ބައެއް ވިޓަމިން ސަޕްލިމެންޓްތަކުން މީހާއަށް ބޭނުންވާ ހަކަތަ އިތުރުވެގެންދާނެއެވެ.
އެމެރިކާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮންމެ 5 މީހުންގެ ތެރެއިން 3 މީހަކު މެދުނުކެނޑި ވަރުބަލިވާ ކަމުގެ އިހުސާސް ކުރެވެއެވެ. އިންތިހާއަށް ވަރުބަލިވުމަކީ އަމިއްލައަށް މާބޮޑަށް މަސައްކަތް ކުރުމާއި، ނިދި މަދުވުމާއި ނުވަތަ ހަށިގަނޑަށް ބޭނުންވާ ކާނާ ނުކެއުން ފަދަ އެތައް މައްސަލަތަކެއް ދިމާވުމުން ދިމާވާ ކަމެކެވެ. މުޅި ދުވަހު މެދުނުކެނޑި ވަރުބަލިވެފައި ހުންނަނަމަ ނޭވާހިއްލުމާއި ފަނޑު ނުވަތަ ރީނދޫކުލައަށް ހަންގަނޑުގެ ކުލަ ބަދަލުވުމާއި، ނަފްސާނީ މައްސަލަތައް ދިމާވުމާއި ހަށިގަނޑުގެ މަސްތައް ބަލިކަށިވުމާއި ނުވަތަ ޝަޚުޞިއްޔަތަށް ބަދަލު އަންނަކަން ފާހަގަކުރެވޭނެއެވެ.
ވިޓަމިން ބީ އަކީ މުޅި ދުވަހު އަހަރެމެންގެ ހަކަތައަށް ވަރަށް މުހިންމު އެއްޗެއް ކަމަށާއި، ގިނަ ފަހަރަށް ވިޓަމިން ސަޕްލިމެންޓްތަކުގައި ހަކަތަ ހިމެނެއެވެ. ވިޓަމިން ބީ މަދުވެދާނެ ކަމަށް ޝައްކު ކުރިޔަސް، ކާނާގައި އެކަށީގެންވާ ވަރަށް ވިޓަމިން ބީ ނުލިބޭ ކަމަށް ވިޔަސް ނުވަތަ ހަކަތައަށް ބޭނުންވާ އެހެން ވިޓަމިންތައް ގެއްލިފައިވާ ކަމަށް ވިޔަސް، އިތުރު ސަޕްލިމެންޓަކީ ތިމާއަށް ރަނގަޅު އެއްޗަކަށް ވެދާނެ އެވެ.
ކޮފީ، ސައި ނުވަތަ އެނާޖީ ޑްރިންކްސްގެ އިތުރުން ހަކަތަ އިތުރުކުރުމަށް އެހީތެރިވެދޭ ވަކި ވިޓަމިންތަކެއް ވެސް ހިމެނެ އެވެ. މި ގުދުރަތީ ވިޓަމިންތަކުގެ ތެރޭގައި:
ވިޓަމިން ބީ: ތިއަމިން، ރައިބޯފްލެވިން، ނިއަސިން، ޕެންޓޮތެނިކް އެސިޑް، ބީ6، ބަޔޮޓިން، ފޯލޭޓް އަދި ބީ12 އަކީ ކާނާއިން ލިބޭ ހަކަތަ ހަށިގަނޑަށް ޕްރޮސެސް ކުރުމަށް އެހީތެރިވުމުގެ ޒިންމާ އުފުލާ އެއްޗެކެވެ.
ވިޓަމިން ސީ: އަހަރެމެންގެ ސެލްތަކުގެ މައިޓޮކޮންޑްރިއާގައި ހަކަތަ އުފެއްދުމަށް އެހީތެރިވެދެއެވެ.
މެގްނީޒިއަމް: ހަކަތަ މޮލިކިއުލްސް (އޭޓީޕީ) އުފެއްދުމާއި ބޭނުންކުރުމުގައި އެހީތެރިވެދެއެވެ.
ދަގަނޑު: ހީމޯގްލޯބިން އުފެއްދުމާއި އޮކްސިޖަން ގެންދިއުމުގައި ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.
ވީމާ ޑޮކްޓަރެއްގެ ލަފާގެމަތީން ވިއްކަންހުންނަ ސަޕްލިމެންޓްތައް ކެވިދާނެއެވެ. އެއީ ތިމާ ކާނާގެ ތެރެއިން މަދުވާވިޓަމިންތައް ހޯދުމަށްވެސް ރަނގަޅު އެއްޗެކެވެ.
