ހެލޮވީން ފާހަގަ ކުރުމުގެ ތެރޭގައި ފިތިގެން 153 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

 ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ހެލޮވީން ފާހަގަކުރަނިކޮށް ފިތިބާރުވެގެން 153 މީހުން މަރުވެ 82 މީހުން ޒަޚަމްވެއްޖެއެވެ.

އިއްޔެ ފާހަގަ ކުރަމުން ދިޔަ މި ހަފްލާގައި އެތަކެއް ސަތޭކަ ބަޔަކު ބައިވެރިވެފައިވާއިރު، މިހާދިސާ ދިމާވާން މެދުވެރިވި ސަބަބަކީ ހިމަ މަގެއްގައި ބައިބޯވެ އެތައް ބަޔަކު ފިތިގެންނާއި ހާސްވުމުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާގޮތުން މަޝްހޫރު ނައިޓްލައިފް އޭރިއާއެއް ކަމަށްވާ އިޓައެވޮން އަށް ގިނަ ބަޔަކު އެއްވެ އުޅުނު ވަގުތުގައި ހިނގި މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ 20 އަހަރުގެ ފުރާވަރުގެ ކުދީން ކަމަށާއި އަދި ބިދޭސީންގެ 20 މީހުންވެސް ހިމެނޭ ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން ދެކުނު ކޮރެއާގެ ރައީސް ޔޫން ސޮކް ޔޮލް ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ މި ހާދިސާ އާއި މެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި އަދަކީ އެ ޤައުމުގައި ޤައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅުއްވާފައެވެ.

ސޯލްގެ މެދުތެރޭގައި އޮންނަ އިޓައެވޮން އަކީ ރޭގަނޑުގެ ދިރިއުޅުމުގެ ދިރުމެއް ހުރި ތަނަކަށް މަޝްހޫރު ތަނެކެވެ. އެއީ ކޮރެއާގެ ރައްޔިތުންނާއި އެކްސްޕެޓްސް އަދި ބިދޭސީން ޒިޔާރަތްކުރާ މީހުންގެ މެދުގައި މަގުބޫލު ތަނެކެވެ. އޭގެ ގިނަ ހަނި ގޯޅިތަކާއި ވަށައިގެންވާ މަގުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކާބޯތަކެތި ލިބޭ ބާތަކާއި ފިހާރަތަކާއި ރެސްޓޯރެންޓްތައް ހުރެއެވެ.

ހެލޯވީން އަކީ ދެކުނު ކޮރެއާގައި ސަގާފީ ގޮތުން ފާހަގަކުރާ ޗުއްޓީ އެއް ނޫން ނަމަވެސް އެޤައުމުގެ ޒުވާނުންގެ މެދުގައި މަޤްބޫލު ދުވަހެކެވެ. އަދި ފަހަކަށް އައިސް ދެކުނު ކޮރެއާގެ އެކި ކަންކޮޅުތަކުގައި މި ދުވަސް ފާހަގަ ކުރަން ފަށާފައިވާއިރު، ކޮވިޑަށް ފަހު މިއީ އެޤައުމުގައި މި ދުވަސް ފާހަގަ ކުރި ފުރަތަމަ ފަހަރެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *