ޓްވިޓާ ބްލޫ ޓިކް އަށް މަހަކު 8 ޑޮލަރު ނަގާނެ – އީލޮން މަސްކް

ވެރިފައިޑް އެކައުންޓެއް އަންގައިދޭ ނަމުން ބްލޫ ޓިކް ޖަހަން ބޭނުންވާ ޓްވިޓާ ބޭނުންކުރާ ފަރާތްތަކުގެ އަތުން މަހަކު 8 ޑޮލަރު ނަގާނެ ކަމަށް ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ސައިޓް "ޓްވިޓަރ" 44 ބިލިއަން ޑޮލަރަށް ގަތުމަށް ފަހު ގެނައި މި ބަދަލަކީ ފޭކް ނުވަތަ ސްޕޭމް އެކައުންޓްތައް ބަލިކުރުން އެއީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވާތީ ކަމަށް އީލޮން ވިދާޅުވިއެވެ.

ޔޫޒަރނޭމްގެ ކައިރީގައި ހުންނަ ނޫކުލައިގެ މި މާކް އަކީ އާންމުކޮށް ހައި ޕްރޮފައިލް ފިގަރސް އަށް މިވަގުތު ހިލޭ ލިބޭ އެއްޗެއް ކަމަށްވުމާއި އެކު ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ މި ގެނައި ބަދަލުގެ ސަބަބުން އިތުބާރު ހުރި މަސްދަރުތައް ދެނެގަތުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އީލޮން ވިދާޅުވީ މި ބޭނުން ކުރާ ފަރާތްތަކުގެ ތެރެއިން ފައިސާ ދައްކާ ފަރާތްތަކަށް ޖަވާބާއި އެއްޗެހި ހޯދުމުގައި އިސްކަންދޭނެ ކަމަށެވެ.

ޔޫޒަރުން ޔަގީން ކުރުމުގެ ގޮތުން މި ބްލޫ ޓިކް ހޯދުމަށް ޓްވިޓާއިން ކުރިން ގެންގުޅުނު އުސޫލުގެ ތެރޭގައި ކުރު އޮންލައިން އެޕްލިކޭޝަން ފޯމެއް ހިމެނެއެވެ. މި ފޯމަކީ މަޝްހޫރު ފަރާތްތަކާއި ސިޔާސީ ބޭފުޅުންނާއި ނޫސްވެރިން ފަދަ އައިޑެންޓިޓީ އަށް އަމާޒުވެފައިވާ މީހުންނަށް ޚާއްސަ ކޮށްފައިވާ ފޯމެކެވެ. އެ ކުންފުނިން މި ނިޒާމު ތައާރަފްކުރީ 2009 ވަނަ އަހަރު، އިންޕޯސްޓާ އެކައުންޓްތައް ހުއްޓުވުމަށް އެކަށީގެންވާ ކަމެއް ނުކުރާ ކަމަށް ބުނެ ދަޢުވާއެއް ކުރިމަތިވުމުންނެވެ.

އޭނާ ވަނީ އޭނާގެ ލީޑަޝިޕްގެ ދަށުން އެ ސައިޓުގައި އިޝްތިހާރު ކުރުމާ މެދު ބައެއް ކުންފުނިތަކުން ކަންބޮޑުވުން ބޮޑުވި ނަމަވެސް، އިޝްތިހާރަށް ޓްވިޓާގެ ބަރޯސާވުން ކުޑަކުރަން ބޭނުންވާ ކަމަށްވެސް ވިދާޅުވެފައެވެ.

އެހެން ނަމަވެސް އަހަރުތަކެއް ވަންދެން ފައިދާއެއް ނުލިބޭ ޓްވިޓާގެ ވިޔަފާރި އޯވަހޯލް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ އީލޮން އަށް ކުރިމަތިވެވަޑައި ގެންފައިވަނީ ބޮޑު ގޮންޖެހުމެކެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް އިޝްތިހާރު ކުންފުނި އައިޕީޖީން އިން ވަނީ ޕްލެޓްފޯމްގައި "އިތުބާރާއި ރައްކާތެރިކަން" ކަށަވަރު ކުރުމަށް ޓްވިޓާއިން ރާވާފައިވާ ޕްލޭންތަކަށް އިތުރު ސާފުކަމެއް ދޭން ޖެހޭ ކަމަށް ބުނެ ޓްވިޓާގެ އިޝްތިހާރުތައް ހަފްތާއަކަށް ސަސްޕެންޑް ކުރުމަށް ނަސޭހަތްތެރިވެފަ އެވެ.

އީލޮން ޓްވިޓާ ބައްލަވައިގެންފައި މި ވަނީ މި އަހަރުގެ ކުރީކޮޅު އެކަން އިއުލާންކުރެއްވުމަށް ފަހު ޓްވިޓާ ބައްލަވައިގަތުން ހުއްޓަވާލެއްވުމަށް ފަހު އެވެ. އެކަމާ ގުޅިގެން ޓްވިޓާ އިން ކޯޓަށް ވެސް ދިޔަ އެވެ.

ޓްވިޓާ އަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން ދުނިޔޭގައި އެންމެ މަގުބޫލު އެކައްޗެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *