މީދާ ބޭނުން ކޮށްގެން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ނޭފަތް ކޮށްޓުމުން އަލްޒައިމާ ޖެހުމާއިމެދު ހައިރާން ކުރުވަނިވި ގުޅުމެއް އެބައޮތެވެ. އިންސާނުންގެ ވެސް ހަމަ މިފަދަ ކަންކަމާއި ބެހޭ ގޮތުން ކުރިއަށް އޮތްތަނުގައި ދިރާސާތައް ކުރަން ރާވާފައި ވެއެވެ.
އަލްޒައިމާ އަކީ ގަބޫލުކުރަން ދަތި ވަރުގެ އުނދަގޫ ބައްޔެއްކަން، އެ ބައްޔަށް ކުރެވުނު ދިރާސާތަކުގެ ގިނަ އަދަދުން ހާމަވެއެވެ. އަދި ސައިންސްވެރިން މިކަމަށް ވިސްނާ މަސައްކަތް ކުރަމުންދާ ތަފާތު އެތައް ގޮތްގޮތުން ސާފުވެއެވެ . އިންސާނާގެ އުމުރުން 65 އަހަރަށް ވުރެ މައްޗަށް ދިއުމުން ސިއްޙީ ނުރައްކާތައް މައްޗަށް ދެއެވެ. އެކަމަކު އެހެން ސަބަބުތަކުގެތެރޭގައި ހިމެނޭ ކަންކަން، ތިމާވެށްޓާއި އާދަކާދަ ތަކުގެ ސަބަބުންވެސް ނުރައްކަލަށް ހުށަހެޅެއެވެ.
އޮސްޓްރޭލިއާގެ ގްރިފިތު ޔުނިވާސިޓީގެ ސައިންސްވެރިން އިސްކޮށް ތިބެގެން ދިރާސާވެރިންގެ ޓީމަކުން ވަނީ އިންސާނުންނަށް ބަލިޖެހި ނިއުމޯނިއާ ޖެހިދާނެ ކްލެމިޑިއާ ނިއުމޯނިއާ ކިޔާ ބެކްޓީރިއާއެއްގެ ޓެސްޓްތައް ހިންގާފަ އެވެ. އަދި ހަނދާންނެތޭބަލީގެ އަސަރު ކުރާ އިންސާނުންގެ ސިކުނޑީގެ ގިނަ ތަންތަނުން ވެސް މި ބެކްޓީރިއާ ފެނިފައިވެއެވެ.
މީދަލުގެ ނޭފަތުގެ ހޮޅިއާއި ސިކުނޑިއާ ގުޅިގެން ބެކްޓީރިއާ މައްޗަށް ދަތުރުކުރެވޭނެކަން ދައްކާފައިވެއެވެ. މީގެ އިތުރުން ނޭފަތުގެ އެޕިތެލިއަމް ނޭފަތުގައި ހުންނަ ތުނި ޓިޝޫއަށް ގެއްލުން ލިބުމުން ނާރުތަކުގެ ޖަރާސީމު އިތުރުވެއެވެ.
މިކަމުގެ ސަބަބުން މީދަލުގެ ސިކުނޑީގައި އެމިލޮއިޑް-ބީޓާ ޕްރޮޓީން ގިނައިން ޖަމާވެގެން ދިޔައެވެ. މި ޕްރޮޓީންވެސް އަލްޒައިމާ ބަލި ހުންނަ މީހުންގެ ކިބައިން ގިނަ އަދަދަކަށް ހުރެއެވެ.
"ކްލެމިޑިއާ ނިއުމޯނިއާ ސީދާ ނޭފަތުގެ މައްޗަށް ގޮސް ސިކުނޑިއަށް ގޮސް އަލްޒައިމާ ބަލި ފަދަ ޕެތޮލޮޖީތައް އުފެދިދާނެކަން އަހަރެމެން އެންމެ ފުރަތަމަ ދައްކާލީ،" އޮސްޓްރޭލިއާގެ ގްރިފިތު ޔުނިވާސިޓީގެ ނިއުރޯސައިންޓިސްޓް ޖޭމްސް ސެއިންޓް ޖޯން ވިދާޅުވި އެވެ.
"އަހަރެމެންނަށް މިކަން ހިނގާތަން ފެނުނީ މީދަލުގެ މޮޑެލަކުން، އަދި މި ހެކިތަކަކީ އިންސާނުންނަށް ވެސް ބިރުވެރި ހެކިތަކެކެވެ."
އިންސާނުންގެ އަސަރުތައް އެއްގޮތްވާނެކަން ޔަގީން ނުވި ނަމަވެސް، ނުވަތަ އެމިލޮއިޑް-ބީޓާ ޕްލެކްސް އަކީ އަލްޒައިމާގެ ސަބަބެއްކަން ޔަގީން ނުވި ނަމަވެސް، މި އާންމު ނިއުރޯޑިޖެނެރޭޓިވް ހާލަތު ދެނެގަތުމަށް ކުރާ މަސައްކަތުގައި އުއްމީދީ ލީޑްސް ފޮލޯއަޕް ކުރުން މުހިންމެވެ.
