ދިރިއުޅުމުގައި ބޭނުންވާ ކަންކަމުގެ ލިސްޓު ކިތަންމެހާވެސް ދިގެވެ. ދުޅަހެޔޮވުމަށާއި، އުފާވެރިކަމަށާއި އަދި ފުރިހަމަ ވުމަށް އެދެވެއެވެ. އަމިއްލަ ނަފްސާއި މެދު ހަގީގަތުގައި ރަނގަޅު އިހުސާސެއް ކުރުމަކީ މި ކަންކަން ކާމިޔާބުކުރުމަށް އެންމެ ރަނގަޅުގޮތެވެ. އެއީ އިތުބާރު އުފެއްދުމާއެކު، އަމިއްލަ ނަފްސަށް އިޙްތިރާމްކޮށް އަމިއްލަ އަގު ވަޒަންކުރުމުގެ ތެރެއިން ކަންކަން ކާމިޔާބުކުރުމެވެ. ވީމާ ތިރީގައިމިވާ ކަންކަމަށް ވިސްނާ އަމިއްލަ ނަފުސު ދެނެގަންނާށެވެ.
އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ.
އަހަރެން ބޭނުންވަނީ ކޮން އެއްޗެއް ހެއްޔެވެ؟ މިއީ އަމިއްލަ ނަފްސަށް އޯގާތެރިކަން އާލާކުރުމުގެ އެޖެންޑާއަށް މަގުދައްކާ ސުވާލެކެވެ. އަވަދިނެތި އުޅެންޖެހުމުގެ ސަބަބުން ތިމާގެ އަމިއްލަ ނަފުސަށް އަޅާލުމަށް ނުލިބޭ ވަގުތު ކޮންމެވެސް ގޮތަކުން ހޯދާށެވެ. ރަނގަޅުނޫން ވިސްނުންތައް ދޫކޮށްލާ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ކަންތައްތައް ހޯދާށެވެ. ކޮންމެ ދުވަހަކުވެސް އަމިއްލަ ނަފުސަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ލިސްޓެއް ތައްޔާރު ކުރާށެވެ. ދެން އެ ކަނޑައެޅި ކަންކަން ކުރެވޭތޯ ބަލާށެވެ. މި، އަމިއްލައަށް އޯގާތެރިވުމުގެ ފަލްސަފާއަށް ބޯލެބުމުން ދިރިއުޅުމަށް ބަދަލު ގެނައުމަށް ފަސޭހަވެއެވެ. ލިބެންހުރި ވަސީލަތްތައް ހޯދާ އަމިއްލަ ނަފްސު ދުޅަހެޔޮކޮށް އުފަލުގައި ހުރުމަށް ކުރެވެން ހުރި ކަންކަން ކުރާށެވެ. އޭރުން އަމިއްލަ ނަފުސަށް އިތުބާރު އުފެދެއެވެ.
ތިމާއަށް އުނދަގޫވަނީ ކޮންކަމެއްތޯ ވިސްނާ، ބަލާ އަދި ހޯދާށެވެ.
މި ވަގުތުތަކުގައި އަމިއްލަ ނަފްސަށް އޯގާތެރިކަން ނުދެވޭކަން ފާހަގަކުރެވޭނަމަ އެކަމެއް ފާހަގަކޮށް އަވަހަށް އެކަމަކާ ދުރުވާށެވެ. މިސާލަކަށް ވަކި އެކުވެރިއެއްގެ މެސެޖެއް ފެނުމުން ބޮލުގައި ރިއްސައެވެ. ނުވަތަ ބައިވެރިޔާއާއި ޒުވާބު ކުރާ ކޮންމެ ފަހަރަކު ބޯ ހާސްވަނީއެވެ. މި ވަގުތުތަކުގައި އަމިއްލަ ނަފްސަށް އޯގާތެރިވުމުގެ ގޮތުން އެކަމާ އަވަހަށް ދުރުވާށެވެ.

އަމިއްލަ ނަފުސާ ވާހަކަދައްކާށެވެ.
އަމިއްލަ ނަފްސާއި ވާހަކަ ދެއްކުމަކީ ތިމާގެ ނަފުސުގެ އޯގާތެރިކަމަށް ނުހަނު ހެޔޮ ބަދަލެއް ގެނެވޭ ކަމެކެވެ.
އަމިއްލަ ނަފުސަށް ފަރުވާ ކުޑަކުރެވޭ ކަންކަން ފާހަގަކުރާށެވެ.
އަމިއްލަ ނަފްސާއި މެދު ފަރުވާކުޑަ ކުރެވެނީ ކޮންގޮތަކަށްކަން ފާހަގަކޮށް ދެނެގަންނާށެވެ. ފަހަކަށް އައިސް ތިމާއަށް އުނދަގޫވަމުން އަންނަ ގޯސްތަކާއި ނުވަތަ އުނިކަންތަކަށް ވިސްނާ، ދެން އެކަންކަމާ ބެހޭ އުފެދޭ އިހުސާސްތައް ދެނެގަންނާށެވެ. މިސާލަކަށް ރުޅިގަދަވެ ގޮތް ހުސްވާހެން ހީވާނަމަ ނުވަތަ މާގިނައިން ރޮވޭނަމަ އެ އިޙްސާސްތަކާ ދެކޮޅުހެދުމުގެ ބަދަލުގައި އަމިއްލަ ނަފުސަށް ވަގުތުކޮޅެއް ދީ އެކަހެރިވެލާށެވެ. ތަނެއްގައި މަޑުމަޑުން އިށީނދެގެން އިނދެލާށެވެ.
