އިސްލާމްދީނުގައި އަމިއްލަ ނަފްސަށް ލޯބިކުރުމަކީ މައިގަނޑު މީޑިއާތަކުން އަމިއްލަ ނަފްސަށް ލޯބިކުރާ މާނަކުރުމާ މުޅިން ތަފާތު ކަމެކެވެ. އަޅުގަނޑުމެންގެ ވަށައިގެންވާ ކޮންމެ ތަނެއްގައިވެސް އަޅުގަނޑުމެންނަށް ފެންނަނީ ‘އަމިއްލައަށް ލޯބިވާ’ ގެ ގޮތުގައި ޕްރޮމޯޓް ކުރެވޭ ޚިޔާލުތަކެވެ.ހަގީގަތުގައި އެއީ ހަމައެކަނި ބަބުލް ބާތްކުރުން، މަސާޖްކުރުން ނުވަތަ ސައުނާގައި ދުވަސްހޭދަކުރުމެއް ނޫނެވެ. އެއީ އެއަށްވުރެ މާނަ ފުން ކަމެކެވެ. ހަމައެކަނި އެއީ ޖިސްމާނީ ނުވަތަ ބޭރުފުށުން އަމިއްލަ ނަފްސަށް ފައިދާވާ ކަމެއް ނޫނެވެ. އެއީ ނަފްސާނީ ގޮތުންވެސް އަދި ރޫނާހީގޮތުންވެސް ތިމާގެ ނަފްސަށް ފައިދާވާ ކަންކަން ކުރުމެވެ.
އިސްލާމްދީނުގައި އަމިއްލަ ނަފްސަށް ލޯބިވުމަކީ ހަގީގަތުގައި މާތްރަސްކަލާނގެއާ ގާތްވުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި އިސްލާމީ އުސޫލުން އަމިއްލަ ނަފްސު ދެކެ ލޯބިވުމަށް ފިޔަވަޅުތަކެއް ވެއެވެ.
އަޅުގަނޑުމެންނަށް ކަމުދާ ކަންތައްތައް ކޮށް ކޮންމެ ދުވަހަކުވެސް ކުރުމަށް ލޯބިވުމަކީ އަޅުގަނޑުމެންގެ ޠަބީޢަތުގައިވާ ކަމެކެވެ. އަމިއްލަ ނަފްސަށް ލޯބިވުމުގައި އެއްވެސް ޙައްދެއް ނެތްމިންވަރަށް އެދުންތައްތައް ލައްވާފައިވަނީ އިންސާނެއްގެ ގޮތުގައި އަޅުގަނޑުމެން ދުނިޔެއަށް އަންނަ ވަގުތުންވެސް ފެށިގެންނެވެ. އެދުންތަކުގައި އަބަދުވެސް އަމިއްލަ ނަފްސަށް އެންމެ ހެޔޮ އަދި ރަނގަޅަށް ހިތުމަށް އިސްލާމްދީނުގައި ބާރުއަޅާފައިވެއެވެ. އެއީ އަޅުގަނޑުމެންގެ ހަށިގަނޑާއި، ސިކުނޑިއާއި އަދި ނަފްސަށްޓަކައެވެ.
އަމިއްލަ ނަފްސަށް ފަރުވާކުޑަކޮށް، ބަލިކަށިކަންތަކަށް ނަފްރަތު ކުރުމުން، އަޅުގަނޑުމެންގެ ކުރިއެރުން ހުއްޓުވައި، އަޅުގަނޑުމެންގެ ނަފްސަށް ލިބެންޖެހޭ ރޫހާނީ ކާނާ ލިބުން ދަތިވެއެވެ.
އެމީހުންގެ ނަފްސު ޠާހިރުކުރާ މީހާއަކީ ހަމަކަށަވަރުން ކާމިޔާބުމީހާއެވެ. އަދި އެ ނަފްސު ފަސާދަކުރާ މީހާ ނަސްރުވެރިވެގެންވާ މީހެއް ކަމުގައެއް ނުވެއެވެ. މާތް ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ގުރުއާންގެ 91 ވަނަ ސޫރަތް ކަމުގައިވާ އައްޝަމްސު ސޫރަތުގެ 9 ވަނަ އާޔަތާއި 10 ވަނައާޔަތުގައި ވަހީކުރައްވާފައިވެއެވެ.
قَدْ أَفْلَحَ مَن زَكَّاهَا
އެ نفس طاهر ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
وَقَدْ خَابَ مَن دَسَّاهَا
އަދި އެ نفس އަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ.
–ޤުރުއާން (91:9-10)
އިސްލާމްދީނުގައި އަމިއްލަ ނަފްސަށް ލޯބިވުމުގެ މާނައަކީ މުޅިން ޝަރުޠެއްނެތި އަމިއްލަ ނަފްސަށް ލޯބިވުމެއް ނޫނެވެ. އަމިއްލަ ނަފްސާއި ބެހޭ ހުރިހާ ސިފަތަކާއި ކަންތައްތަކަށް ލޯބިކުރާނަމަ ދެން މައްސަލައަކީ ކޮބައިހެއްޔޭ މީހުން ހީކޮށްފާނެއެވެ. މިއީ އިސްލާމީ އުސޫލެއް ނޫނެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސު ޠާހިރުނުކޮށް، އިސްލާމްދީނާ އެއްގޮތް ނުވާ އަދި ނޭދެވޭ ސިފަތަކުން އަރައިގަނެވޭތޯ الله (ޞޢވ) އަޅުގަނޑުމެންނަށް ހިދާޔަތް ދެއްވިއެވެ.
އަޅުގަނޑުމެންގެ ޝަރަފުވެރި ސިފަތައް ރަސޫލާ މުޙައްމަދު ސ.އ.ވ ގެ ސުންނަތާއި އަދި އިސްލާމީ އުނގަންނައިދިނުންތަކުން ވަނީ ކަނޑައަޅާ ބަޔާން ކޮށްދީފައެވެ. ފެންވެރުމާއި، ވުޟޫކުރުމާއި، ކަނާތުން ކެއުންފަދަ ކިތަންމެ ކަމެއް އަޅުގަނޑުމެން ދަސްކުރީމެވެ. ވީއިރު އަޅުގަނޑުމެން މިކަންކަން ލިބިފައި އޮތުމުން ޝުކުރުވެރިވާން ޖެހެއެވެ. އަޅުގަނޑުމެންނަށް ބަލާތަކާއި އާފާތްތައް ކުރިމަތިވާއިރު އެކަންކަން ނައްތާލުމަށާއި އެކަންކަމުން ސަލާމަތްވާނެ ގޮތްތަކާއި އަދި އެކަމުން ރައްކާތެރިވާނެ ފުރުޞަތާއި، އިރުޝާދު ލިބިފައި އޮތުމުން، އަޅުގަނޑުމެން ޝުކުރުވެރިވާންވެސް ޖެހެއެވެ. އަޅުގަނޑުމެންގެ އުނިކަންތަކުގެ ފުރިހަމަ ޒިންމާ އަޅުގަނޑުމެން ނަގަން ޖެހޭއިރު، އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ހަރުކަށި ނުވުމަށް ސަމާލުކަން ދޭންޖެހެއެވެ. މިކަން އެންމެ ރަނގަޅަށް ކުރެވޭނީ އަޅުގަނޑުމެން އަމިއްލައަށެވެ. އަމިއްލަ ނަފުސަށް އަޅާލާ އޯގާތެރިވެ، އަމިއްލައަށް ކަންތައް ކުރަންވީ ބަލިމީހަކަށް ފަރުވާދޭ އޯގާތެރި ޑޮކްޓަރެއް ފަދައިންނެވެ.
އަމިއްލަ ނަފްސަށް ލޯބިވުމަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި ޖަޒުބާތީ ގޮތުންނާއި ރޫޙާނީ ގޮތުން އަމިއްލަ ނަފްސު ބެލެހެއްޓުމެވެ. ދިރިއުޅުމަކީ މާތްالله ގެ ޙަޟްރަތަށްޓަކައި އުފުލަންޖެހޭ ޒިންމާއަކަށް ވާތީ އެއީ މުހިންމު ވާޖިބެކެވެ. އާޚިރުގައި އިސްލާމްދީނުގައި އަމިއްލަ ނަފްސަށް ލޯބިވުން ކުރިއަރަމުންދަނީ އިލާހީ ހިދާޔަތުގެ އަލީގައެވެ.
އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި، އަޅުގަނޑުމެން އުފެދިފައިވާ ގޮތާއި، އަމިއްލަ ނަފްސުގެ ތެރޭގައިވާ އަޖައިބުތަކާ މެދު ވިސްނާއިރު، އަޅުގަނޑުމެންގެ ވިސްނުންގޮސް ނިމެނީ އަޖައިބު ކުރުވަނިވި ޚާލިޤުވަންތަ ރަސްކަލާނގެއާ ދިމާއަށެވެ. އަމިއްލަ ނަފްސު ދެނެގަނެ އެކަމަށް ވިސްނަން މަސައްކަތް ކުރާއިރު، އާޚިރުގައި އެކަމުގެ ސަބަބުން އަހަރެމެން މާތްރަސްކަލާނގެއާއި ގާތްވެގެންދެއެވެ.
އަމިއްލަ ނަފްސު ދެނެގަނެ، އަމިއްލަ ނަފްސު ޠާހިރުވެ ކުރިއަރަން މަސައްކަތް ކުރާވަރަކަށް މާތްރަސްކަލާނގެ އަލިކަން ދައްކުވައިދެއެވެ. އަމިއްލަ ކުށްތަކާއި ބަލިކަށިކަންތަކާއި އުނިކަންތައްތައް އެނގިގެން، އަމިއްލައަށް ފަރުވާ ހޯދުމަށް ބޭސް ފަރުވާކުރާށެވެ. ތިމާއަކީ އަމިއްލަ ޑޮކްޓަރެއް ކަމަށާއި ހައްލު އޮތީ ތިމާގެ ތެރޭގައިކަން ގަބޫލުކުރާށެވެ. މިއީ ހަގީގަތްކަމާއި ރަނގަޅުނޫން ވިސްނުންތައް ނައްތާލުމަށް ފަރުވާ ދިނުމަށް ވަގުތު ހޭދަކުރުމުން މާތްރަސްކަލާނގެ ރަޙްމަތް ތިބާއަށް ލިބޭނެއެވެ.
އަޅުގަނޑުމެންގެ ނިޢުމަތްތަކާއި، އަޅުގަނޑުމެންގެ އިމްތިޙާނުތަކާއި ކާމިޔާބީތަކާއި، ނާކާމިޔާބުގެ ދަތުރާއި އަދި އަޅުގަނޑުމެންގެ ހުނަރުތަކާއި ކަންކަމުގައި ހުރި ގާބިލުކަމަކީ އަމިއްލަ ނަފުސާއި ގުޅިފައިވާކަންކަމެވެ. މާތްالله އަޅުގަނޑުމެންގެ މައްޗަށް މަރުވުން ލައްވާފައިވަނީ އަޅުގަނޑުމެން އަލުން އުފެއްދުމަށްޓަކައެވެ. ތިބާގެ މަގަށް މާތްالله ލިޔުއްވާފައިވާ ހުރިހާ އެއްޗަކީ ތިބާއަށް ކުރިމަތިވާނެ ކަންކަމަށް ތައްޔާރުކޮށްދެއްވުމަށްޓަކައި މެދުވެރިވާ ކަންކަމެވެ. މާތްالله އަޅުގަނޑުމެންނަށް ކަންކަން މެދުވެރި ކުރައްވަނީ އަޅުގަނޑުމެން ހުންނަން ޖެހޭނެ ކަމަށް ނުވަތަ އަޅުގަނޑުމެން އެދޭހާ ގޮތަކަށް ނުވަތަ އަޅުގަނޑުމެންނަށް ހީވާ ގޮތަށް ނޫނެވެ. މާތްالله އަޅުގަނޑުމެންގެ އެންމެހާ ކަމެއް މޮޅަށް ދެނެވޮޑިގަންނަވައެވެ. އުފުލޭނެ ބުރަތަކާއި އަޅުގަނޑުމެންނަށް ފައިދާވާނެ އެންމެހާގޮތެކެވެ.
