އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް މެސީ ހޮވިއްޖެ

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހީސްޓްރީ އެންޑް ސްޓެޓިސްޓިކްސް (އައިއެފްއެފްއެޗްއެސް) އިން 2022 ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ލިބިއްޖެއެވެ.

ނިމިގެން ދިއަ 2022 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާ ހޮވުމަށް ކުރިއަށް ގެންދިއަ ވޯޓުން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަށް ކުޅޭ މެސީ އެއްވަނައަށް ލިބިފައިވަނީ 275 ޕޮއިންޓާއެކުގައެވެ. 35 ޕޮއިންޓާ އެކު މެސީއާ އެންމެ ކައިރިން ވާދަކުރީ މެސީއޭއެކު ޕީއެސްޖީއަށް ކުޅޭ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއެވެ. 30 ޕޮއިންޓާއެކު ތިން ވަނާގައިއޮތީ ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒެމާއެވެ. މީގެ އިތުރުން ހަތަރު ވަނައިގައި 15 ޕޮއިންޓާއެކު ލޫކާ މޮޑްރިޗް އަދި ފަސް ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ އާލިންގް ހާލަންޑެވެ.

2022 ވަނަ އަހަރަކީ ލިއޮނަލް މެސީގެ ކެރިއަރުގައި މިހާތަނަށް އެންމެ ކާމިޔާބު އެއް އަހަރެވެ. އޭނާ ވަނީ މިދިޔަ އަހަރު 35 ގޯލް ޖަހައި 30 ގޯލް ޖެހުމުގައި އެހީތެރިވެދީފައެވެ. ނިމިގެންދިއަ ފީފާ ވޯލްޑް ކަޕްގެ ގެ ތަށި މެސީގެ ކެޕްޓަން ކަމުގައި އާޖެންޓީނާއަށް ވަނީ ހޯދައިދީފައެވެ. މުޅި މުބާރާތުގެ ވެސް އެންމެމޮޅު ކުޅުންތެރިއާގެ މަގާމަށްހޮވި ގޯލްޑަން ބޯލް އެވޯޑްވެސްވަނީ ހޯދާފައެވެ.

ޕީއެސްޖީއާއެކު ފްރާންސް ލީގުގެ ޗެމްޕިއަންކަން މެސީ ހޯދީ މިދިޔަ އޭޕްރީލް މަހުއެވެ. އެއަށްފަހު އޭނާ ވަނީ ޖޫން މަހު އިޓަލީއާ ދެކޮޅަށް ކުޅުނު ކޮޕާ ފައިނަލްސްމާގައި އާޖެންޓީނާ ލީޑްކޮށް، ދެ އެސިސްޓްކޮށް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *