ރޯދައިގެ ޘަވާބަށް އެދޭއިރު ތިބާ ތެދުވެރިވާންޖެހޭ މީހުންނަށް ތެދުވެރިހެއްޔެވެ؟ ތެދުވެރި ނުވެ ހިފޭނެ ރޯދައެއް ނެތް!

ރޯދަ ހިފުން މިކިޔަނީ ނިޔަތްގަތުމާއިއެކު ފަޖުރުލީއްސުރެ އިރު އޮއްސިއްޖައުމަށް ދާންދެން ރޯދަގެއްލޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށެވެ. ވީމާ ރޯދަ ގެއްލޭ ކަންތައްތަކުގެ ލިސްޓްގައި ތެދުވެރިވުން ނެތިދާނެއެވެ!

ނަމާދުނުކުރުންވެސް ނުއޮންނަފަދައިންނެވެ. ނަމާދުނުކުރާ މީހާ ހިފަންޖެހޭ އެއްވެސް ރޯދައެއް ނެތެވެ. ވީމާ އޭނާއަށް ހިފޭނެ ރޯދައެއްވެސް ނެތެވެ. ޤަބޫލުކުރަން މިޖެހޭ ކަމަކީ ހިފާ ރޯދަ، ރޯދައަކަށްވާނީ ﷲ ތަޢާލާގެ މަގުގައި ފިސާރި ރަނގަޅަށް ސާބިތުވެހުރެ ރޯދަހިފުމުން ކަމެވެ.

"މިމައްސަރުގައި ﷲ سُبحَانَهُ وَتَعَالى އަޅުގަނޑުމެންނާ މިމިންވަރު ކޮށްދެއްވާފައިވާ މަތިވެރި ދަރުމައާއި، ޘަވާބު، ދިންނެވުމާއި ފުއްސެވުން ޙައްޤުވާ ބައަކުކަމުގައި ވޭތޯ އަޅުގަނޑުމެންގެ ނަފްސް ތަކަށް ތެދުވެރިވާންވާނެއެވެ! އަމިއްލަ ނަފްސްތަކަށް ތެދުވެރިވުމުގެ މާނައިގައި އެހެްނ އެންމެންނަށް ތެދުވެރިވުންވެސް ހިމެނެއެވެ. އަމާނާތްތެރި ވާންވާނެއެވެ!"

"އަދިވެސް ވަގުތު ފާއިތެއް ނުވެއެވެ. އުންމީދު ކަނޑައިނުލާށެވެ! ހަމަ ޔަޤީނުންވެސް ﷲ سُبحَانَهُ وَتَعَالى މިމައްސަރުގައި މި މިންވަރު ކޮށްދެއްވާފައިވާ މަތިވެރިވެގެންވާ ދަރުމައާއި، ޘަވާބު އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެމީހަކަށްވެސް މިންވަރުކޮށްދެއްވެވުން އެދިގެން މަސައްކަތްކުރަމާ ހިނގާށެވެ! އަދި އީމާންތެރިކަމާއިއެކު މިމައްސަރުގެ ފުރިހަމަ ދަރުމައާއި ޘަވާބަށް އެދި އަޅުގަނޑުމެން މި ރޯދައާއި، އަދި އެނޫންވެސް އަޅުކަންތައްތައް އަދާކޮށްފިކަމުގައިވާނަމަ ﷲ سُبحَانَهُ وَتَعَالى އަޅުގަނޑުމެންނަކީވެސް އެފަދަ ބައެއްކަމުގައި ލައްވާނެތެވެ! އިންޝާ ﷲ"

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު ނޫހުން ނަގާފައި

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *