ކޮންމެ މީހަކުވެސް ބޭނުންވާނީ އަދި އުންމީދުވެސް ކުރާނީ ކޮންމެ ދުވަހަކީވެސް ރަނގަޅަށް އިންތިޒާމުވެލާ އަދި އުފެއްދުންތެރިކަމާއެކު ކާމިޔާބު ދުވަހެއް ކަމުގައި ތިމާގެ ދުވަސް ހެދުމަށެވެ. ނަމަވެސް ގިނަ ފަހަރަށް އެނދުން ތެދުވުމަށް އުނދަގޫވެ، މަސައްކަތަށް އަވަސްވެގަނެވެނީ ހަލަބޮލި ހާލަތެއްގަ އެވެ.
ކާމިޔާބު މީހުންގެ އާދަތައް ދިރާސާކޮށް، އަމިއްލަ ދިރިއުޅުމަށް އެ އާދަތައް ތަންފީޒު ކުރުމަށްޓަކައި ހެނދުނުގެ މުހިންމު އާދަތަކެއް ގެންގުޅެވިދާނެއެވެ. އެއީ،
1. އަވަހަށް ތެދުވުން
ދުނިޔޭގެ ހަލަބޮލިކަން މަދުވާ އެންމެ އަރާމު ވަގުތަކީ ހެނދުނުގަޑިއެވެ. މިއީ ކާމިޔާބު ފަރުދުން ފަރުވާކުޑަ ނުކުރާނެ އަދި އެމީހުންގެ ދުވަސް އުފެއްދުންތެރިކަމާއިއެކު ކަންކަން ރާވާލައިގެން ކުރަންލިބޭ އަގުހުރި ފުރުސަތެކެވެ. ދުނިޔެ ނިދާފައި އޮއްވާ އެމީހުން ތެދުވެ އެމީހުންގެ ދުވަސް ކާމިޔާބުކުރުމަށް ފަށައިގަނެއެވެ. މި އާދައަކީ އުނދަގޫ ކަމެއް ކަމުގައި ހީވިނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި އަވަހަށް ހޭލެވުމަކީ އުފެއްދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެ، ލަނޑުދަނޑިތަކަށް ފޯކަސް ކުރުމަށް އިތުރު ވަގުތުތަކެއް ލިބިގެންދާނެ ކަމެކެވެ. އަވަހަށް ތެދުވާ މީހުންގެ ފަރާތުން ވަގުތުގެ އުފާވެރިކަން ލިބެއެވެ. އެމީހުން މި އަގުހުރި ހަމަހިމޭން ގަޑިތައް ބޭނުންކޮށްގެން އެމީހުންގެ ދުވަސް ރޭވުމާއި، އިސްކަންދޭ ކަންތައްތައް ކަނޑައެޅުމާއި، އަދި ވަށައިގެންވާ ދުނިޔެ ހޭލުމުގެ ކުރިން އަމިއްލަ މަސްލަހަތުތަކުގައި ވެސް އުޅެއެވެ.
ކިތަންމެ އުނދަގޫ ކަމެއް ކަމުގައިވިޔަސް ނުވަތަ ގަޑި އެލާމްކޮށްގެންވެސް ހެނދުނު ހޭލާ އެނދުން ތެދުވާށެވެ. ކާމިޔާބު ދުވަހެއް ހޯދާށެވެ.
ފަތިހުގެ ވަގުތު ހެޔޮގޮތުގައި ބޭނުންކުރުން.
ފަތިހު ހޭލައިގެން ފަތިސްނަމާދު ކޮށްލާށެވެ. އެއަށްފަހު ކަސްރަތު ކޮށްލުން ނުވަތަ މަޑުމައިތިރި މެޑިޓޭޝަން ސެޝަނަކުން ދުވަސް ކުރިއަށް ގެންދާށެވެ. ނުވަތަ ވަރުގަދަ ވޯކްއައުޓެއް ނުވަތަ މަޑުމައިތިރި ކިޔެވުމުގެ ވަގުތުކޮޅެގައި ދުވަސް ފެށުމުގެ ކުރީން ވަގުތު ހޭދަކުރެވިދާނެއެވެ. ހެނދުނުގެ ވަގުތުގައި ވިސްނުންތެރި ރޫޓިންއަކަށް އާދަވުން އޮތީ ތިމާގެ ވިސްނުން ބަދަލުކޮށްލުމުގެ ގާބިލްކަމުގައެވެ. މިއީ ނިދުމުގެ އަރާމު ހާލަތުން ތިމާގެ އުފެއްދުންތެރިކަމަށް ބޭނުންވާ ހަކަތައާއި މަސައްކަތުގެ ސަމާލުކަން އިތުރުކުރުމަށް އެހީތެރިވެދޭ ކަންކަމެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ ރޭވުންތެރި ދިރިއުޅުމެއް ފެށެނީ ރޭވުންތެރިކަމަށް ލޯބިކުރާ ސިކުނޑިއަކުން ކަމަށާއި، ހެނދުނުގެ ވަގުތުގައި ޒިންމާދާރު ވަގުތުތަކެއް ހޭދަކުރުމަކީ ކަންކަން ހާސިލް ކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.
-
ދުވަހުގެ މަސައްކަތަށް އިސްކަންދިނުން
އުފެއްދުންތެރިކަމާއި ތަރުތީބު ދިރިއުޅުމެއް ހޯދުމަށް ކުރާ މަސައްކަތުގައި އެންމެ ފައިދާހުރި އެއް އާދައަކީ ކޮންމެ ދުވަހަކު ހެނދުނު ދުވަހުގެ މަސައްކަތްތަކަށް އިސްކަން ދިނުމެވެ.
ކޮންމެ ދުވަހަކު ހެނދުނު ފަތިހުގެ ވަގުތު ހެޔޮގޮތުގައި ބޭނުންކުރުމަށްފަހު ރަނގަޅު ޕްލޭނަކާއެކު ދުވަހަށް ކުރަންޖެހޭ ހުރިހާ ކަމެއް ލިސްޓް ކޮށްލާށެވެ. ދެން، އެ މަސައްކަތްތަކަށް އިސްކަންދީ އެ މަސައްކަތްތަކުގެ އަވަސްކަމާއި މުހިންމުކަމަށް ބަލައިގެން ކުރިއަށް ގެންދާށެވެ. ޕްލޭންކޮށް އިސްކަންދިނުމުގެ މި ސާދާ އަމަލުން ދުވަހުގެ ސާފު ރޯޑްމެޕެއް ލިބިގެންދެއެވެ. ރަނގަޅަށް ފޯކަސްކޮށް އިންތިޒާމުކޮށްގެން ކަންކަން ކުރުމަށް ފަސޭހަވެގެންދެއެވެ.
-
ދުޅަހެޔޮ ނާސްތާ
އަހަރެމެންގެ ސިކުނޑިއަކީ އެންމެ ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި އެއަށް މަތީ ފެންވަރުގެ ތެޔޮ ބޭނުންވާ ވަރުގަދަ މެޝިންތަކެކެވެ. މިއީ ދުޅަހެޔޮ ނާސްތާއެއް ނަގަންޖެހޭ ސަބަބެވެ.
އެމެރިކަން ކޮލެޖް އޮފް ނިއުޓްރިޝަންގެ ޖާނަލްއެއްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު ނާސްތާ ކުރާ މީހުންގެ ބަރުދަން ރަނގަޅުވެ، ކޮންސެންޓްރޭޝަން އާއި އުފެއްދުންތެރިކަމުގެ މިންވަރު ރަނގަޅުވެ، މުޅި ދުވަހުގެ ބަނޑުހައިހޫނުކަން ދަށްވެއެވެ.
ކާމިޔާބު މީހުންނަށް ވިސްނޭ ގޮތުގައި ނިއުޓްރިޝަން އެކުލެވޭ ނާސްތާއަކުން ހަމައެކަނި ބަނޑުހައިހޫނުކަން ފިލުވައިދެނީކީ ނޫނެވެ. އެއީ ކުރިއަށް އޮތް ދުވަހަށް އެމީހުންގެ ސިކުނޑި ތައްޔާރުކޮށް ރަނގަޅަށް މަސައްކަތްކުރުމަށް ބޭނުންވާ މުހިއްމު ނިއުޓްރިއެންޓްސް ފޯރުކޮށްދިނުމަށްވެސް އެހީވާކަމެކެވެ.
