ސިނަމާލެ ބުރިޖްގެ މަޝްރޫޢަކީ މިހާތަނަށް ރާއްޖޭގެ ތަރައްގީގެ އެންމެ ބިޔަ ބޮޑު މަޝްރޫއު – ޑރ. މުއިއްޒު

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއިންދަށުން ދިވެހިރާއްޖޭގައި ހިންގުނު ޕްރޮޖެކްޓްތަކަކީ ރާއްޖޭގެ ތަރައްގީއަށް ހިންގުނު މުހިއްމު މަސައްކަތްތަކެއްކަމަށް އިންތިޚާބީ ރައީސް ޑރ. މުއިޒު ވިދާޅުވެއްޖެއެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ މިހާތަނަށް ރާއްޖޭގައި ތަރައްގީގެ އެންމެ ބިޔަ ބޮޑު މަޝްރޫޢު ކަމާއި އެއީ މާލެއާއި ހުޅުމާލެ ގުޅުވާލާ އިގްތިސާދީ ދުވެލި މުޅިން އާ މިސްރާބަކަށް ގެންދެވުނު މަސައްކަތެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.  ޑރ. މުޢިއްޒު މިހެން ވިދާޅުވީ ޗައިނާގެ ނޫހެއްކަމަށްވާ ޒިންހުވާ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

"ޗައިނާ މޯލްޑިވްސް ފްރެޑްޝިޕް ބްރިޖްގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ކޮށްފައިވާ އެންމެ ބިޔަ ތަރައްގީގެ މަޝްރޫއު. ތަރައްގީއަށް ބޮޑު ބަދަލެއް ގެނުވި މަޝްރޫއު. މި ބްރިޖްގެ ސަބަބުން ރާއްޖޭގެ އެތައް ސަތޭކަ އެތައް ހާސް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ވަނީ އައިސްފައި. ހަމައެކަނި ރާއްޖޭގައި ދިރިއުޅޭ މީހުންނަކަށް ނޫން. ރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވެސް (ފައިދާވޭ) ގްރޭޓާ މާލޭ ސަރަހައްދަށް މި ބްރިޖްގެ ސަބަބުން ބޮޑު ކުރިއެރުމެއް ވަނީ އައިސްފައި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ދިވެހިރާއްޖެއާއި ޗައިނާދެމެދުގައިވަނީ ވަރަށް ރަނގަޅު ގުޅުމެއްކަމަށާއި މިއީ ދެގައުމަށްވެސް ފައިދާވާނެ ގުޅުމެއްކަމަށާއި ޗައިނާއިންވަނީ ދިވެހިރާއްޖޭގައި ސޯޝަލް ހައުސިން ޕްރޮޖެކްޓްތަކާއި އެއާޕޯޓް ޕްރޮޖެކްޓްތަކާއި އަދި ތަރައްގީގެ އެހެނިހެން މަސައްކަތްތަކަށްވެސް އެހީތެރިވެދީފައިވާކަށް ޑރ މުއިއްޒު ފާހަގަ ކުރެއްވިއެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއިން ދިވެހި ސަރުކާރަށް ކުރިއަށް އޮތްދުވަސްތަކުގައިވެސް އެހީތެރިވެދެއްވުމެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *