އިސްރާއީލަށް ފާޑުކިޔާތީ އެކުވެރި ދައުލަތުގެ ސެކެރެޓަރީ ޖެނެރަލް އެންޓީނޯ ގުޓަރެސް އިސްތިއުފާ ދިނުމަށް އިސްރާއީލުން ގޮވާލައިފިއެވެ.
އެކުވެރި ދައުލަތަށް އިސްރާއީލުން ކަނޑައަޅާފައިވާ ސަފީރު ޖިލާޑް އެރްޑަން މިއަދު ސަލާމަތީ މަޖިލީހުގައި ވަނީ ގުޓަރެސް ދެކެ ވަރަށް ރުޅިއައިސް ފާޑުކިޔާފައެވެ. އެކުވެރި ދައުލަތުގެ ސެކެރެޓަރީ ޖެނެރަލް ވަނީ އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
"އަޅުގަނޑު ގޮވާލަން ގުޓަރެސް ހަމަވަގުތުން އިސްތިއުފާ ދެއްވުމަށް،" އެކްސްގައި ޖިލާޑް އެރްޑަން ލިޔެފައިވެ އެވެ.
"އިސްރާއީލުގެ ރައްޔިތުންނާއި ޔަހޫދީ ރައްޔިތުންނާ ދެކޮޅަށް ހިންގާ އެންމެ ބިރުވެރި އަނިޔާތަކަށް އޯގާތެރިކަމެއް ނުދައްކާ މީހުންނާއެކު ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް،" އެރްޑަން ފާހަގަކޮށްފައިވެއެވެ.
ގުޓަރެސް ވަނީ އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން ހިންގީ "ބިރުވެރި" އަދި އަނިޔާވެރިކަމެއްކަމަށް ހާމަވާހެން ވާހަކަދައްކާފައެވެ. އަދި ފަލަސްތީނަށް އަދަބު ދިނުމަށްވެސް ގޮވާލާފައެވެ.
ފަލަސްތީނާ އިސްރާއީލުގެ މައްސަލަ ދޭތެރެދޭތެރެއިން ބޮޑު ހަނގުރާމައަކަށް ބަދަލުވާ ކޮންމެފަހަރަކު އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިސޯރުކޮށް ޔަހޫދީންގެ އާބާދީ ފަލަސްތީނުގައި ވަޒަންވެރި ކުރުވަމުންދެއެވެ.
