އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ސަރުކާރުން ދޭން ޖެހޭ ސަމާލުކަން ދޭނަން: ޑރ. މުއިއްޒު

އަންނަ އަހަރުން ފެށިގެން ނަޞްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދޭނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ނަޞްރުގެ ދުވަހާއި ގުޅިގެން ދުވަހުގެ ތަހްނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވަމުން ޑރ. މުޢިއްޒު ވިދާޅުވީ ނަޞްރު ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް ފުރިހަމަގޮތުގައި ފޯރުކޮށްދިނުން މުހިންމުކަމަށެވެ.

އެހެންކަމުން، އެ މަގުން ކުރިއަށް ވަޑައިގަތުމަށްޓަކައި 2024 ވަނަ އަހަރުން ފެށިގެން ނަޞްރު ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރުއެ ދުވަސް ފާހަގަ ނުކުރާތީ އާންމުންނާއި އިދިކޮޅު ސިޔާސީ ލީޑަރުންގެ ފާޑުކިޔުން އަމާޒުވެ އެވެ. މީގެ ކުރިން ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރި ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވެ އެ ދުވަސް ފާހަގަކުރަން ސަމާލުކަން ނުދޭ ކަމުގެ ޝަކުވާ ބޮޑެވެ.

ނޮވެމްބަރު ތިނެއްގެ ހާދިސާގައި 19 ދިވެހިން ޝަހީދުވި އެވެ. އޭގެ ތެރޭގައި ސިފައިންނާއި އާންމުން ވެސް ހިމެނެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *