ޓޮޓެންހަމް އަށް ތަފާތު ބޮޑު މޮޅެއް!

އިންގްލެންޑް (މާރިޗް 8، 2022) – އިނގިރޭސި ލީގުގައި ޓޮޓެންހަމް އާއި އެވަޓަން ބައްދަލު ކުރި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ޓޮޓެންހަމް ކާމިޔާބު ކޮށްފިއެވެ. ޓޮޓެންހަމް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ސާދަ ވަނަ މިނެޓުގައި އެވަޓަންގެ މައިކަލް ކީން އަތުން ބައި ކޮޅަށް ގޯލެއް ވަދެ ޓޮޓެންހަމް އަށް ލީޑު ލިބުނެވެ. އޭގެ ތިން މިނެޓް ފަހުން ސަން ގޯލެއްޖަހައި ލީޑު އިތުރަށް ފުޅާކޮށް 37 ވަނަ މިނެޓްގައި ހެރީ ކޭން ގެ ލަނޑަކުން 3 – 0 ގެ ލީޑާ އެކު ފުރަތަމަ ހާފު ނިމުނެވެ. ދެވަނަ ހާފުގައި ރެގުއިލޮން އަދި ހެރީކޭން ގެ ދެވަނަ ލަނޑާއި އެކު 5-0 ގެ ނަތީޖާ އަކުން މެޗު ކާމިޔާބު ކުރިއެވެ.

މިނަތީޖާ އާއި އެކު ޓޮޓެންހަމް ކޯޗު ކޮންޓޭ އަށް ހިތް ހަމަ ޖެހުމެއް ލިބުނު ނަމަވެސް އެއް ފެން ވަރެއްގައި މެޗުތަކުން ނަތީޖާ ނުނެރެވޭ މައްސަލަ ހައްލު ކުރަން ވަނީ ޖެހިފައެވެ. ސިޓީ ބަލި ކުރުމަށް ފަހު އެފްއޭ ކަފުގައި މިޑްލްސްބަރާ އަތުން ބަލިވެ ކެޓުމާއި ގުޅިގެން ޓީމަށް ވަނީ ފާޑު ކިޔުން ކުރިމަތިވެފައެވެ. އަނެއް ކޮޅުން މިއީ ލަމްޕާޑު އެވަޓަން އާއި ހަވާލުވި ފަހުން ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *