އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަލީ އަހުސަން ހަމަޖައްސަވައިފި އެވެ.
އަހުސަނަކީ ވަރަށް ގިނަ ދީނީ އިލްމުވެރިންނާއި ތަފާތު ދާއިރާތަކުގެ އިލްމުވެރިން ހިމެނޭ ގޮތަށް އުފައްދާފައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ މިހާރުގެ ރައީސެވެ. ކުރިން އޭނާ ހުންނެވީ އެ ޖަމިއްޔާގެ ނައިބު ރައީސްގެ މަގާމުގަ އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އަހުސަން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.
އޭނާ ވަނީ ޖަމިއްޔަތުއް ރަހުމާގެ ޖެނެރަލް ސެކްރެޓަރީ ކަމާއި އިލްމު އިންސްޓިޓިއުޓްގެ އެސިސްޓެންޓް ޑިރެކްޓަރކަން ވެސް ކުރައްވައިފަ އެވެ. ދިއިސްލާމް އޮންލައިނާއި ދިއިސްލާމް މަޖައްލާ ނެރުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ އިތުރުން އަހުސަން ވަނީ އިސްލާމިކް މިނިސްޓްރީގެ ހިދާޔަތުގެ އަލި މަޖައްލާ ނެރެ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގައި މާކެޓިން އަދި އެ ކޯޕަރޭޝަންގެ މީޑިއާގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.
އަޙްސަން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވާފައެވެ. އަދި އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.
