ކުރީގެ ރައީސް ޔާމިން ޔާމީން އިސްވެ އުފެއދުމަށް މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝާނަލް ފްރޮންޓް (ޕީއެންއެފް) އަށް ސޮއި ކުރައްވައިފިއެވެ.
ރައީސް ޔާމީން ޕީއެންއެފްއަށް ސޮއި ކުރައްވާފައި ވަނީ އެޕާޓީން މިރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. ރައީސް ޔާމިން އެ ޕާޓީއަށް ސޮއި ކުރެއްވި ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލްއެވެ.
ސޮއި ކުރެއްވުމަށްފަހު ރައީސް ޔާމިން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވާފައެއް ނުވެއެވެ.
ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް)އިން ދާދިފަހުން ބުނެފައިވަނީ، ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 ސޮއި އެޕާޓީން ހަމަ ކޮށްފައިވާ ކަމުގައެވެ
ޕީއެންއެފް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ ފާއިތުވި ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހުއެވެ.
ޕާޓީ އުފެއްދުމުގެ ހުއްދައާއި ހަވާލުވީ އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ޓީމުގެ މެމްބަންނެވެ. އޭގެ ތެރޭގައި ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލްއާއި، ކުރީގެ މިނިސްޓަރ މަލީހުއާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދުގެ އިތުރުން ޕީޕީއެމްގައި ކުރިން އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތައްވެސް ހިމެނެއެވެ. ރައީސް ޔާމިން ގާނޫނީ ބަންދެއްގައި ހުންނެވުމާއި ގުޅިގެން ޕާޓީ އުފެއްދުމުގެ ހުއްދަ ދޫކޮށްފައިވަނީ ރައީސް ޔާމިންގެ ދަރިކަލުނ ޒެއިންގެ ނަމުގައެވެ.
