ބަންގްލަދޭޝް ލޭބަރުން ރާއްޖެ ގެންނަން އަލުން ހުއްދަ ދީފި

ބަންގްލަދޭޝުން ރާއްޖެއަށް ލޭބަރުން ގެނައުން މަނާކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން، ބަންގްލަދޭޝަން އަންސްކިލްޑް ލޭބަރުން އަލުން ގެނެވޭ ގޮތަށް މިއަދު ހަދައިފިއެވެ. މިގޮތަށް ނިންމީ މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ޓެކްނޮލޮޖީންނެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ހުއްދަ ދޭން ފެށުމުން، އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލަފައިވާ ކަމަށެވެ. ނަމަވެސް މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސްކޮށްދޭނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ބަންގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ފެށި ޕްރޮގްރާމާ އެކުގަ އެވެ. އެގޮތަށް ނިންމައި އޭރުގެ އިކޮނޮމިކް މިނިސްޓަރީއިން ބުނީ ކޮންމެ ގައުމަކަށް 150،000 ގެ ކޯޓާއެއް ކަނޑައެޅުމުން ބަންގްލާދޭޝްގެ ކޯޓާ ހަމަވެފައިވާ ކަމަށާއި އެހެންވެ އިތުރަށް އެ ގައުމުން މީހުން ނުގެނެވޭނެ ކަމަށެވެ. އޭރު ބުނެފައިވާ ގޮތުގައި ވޯކް ވިސާގައި 144،607 މީހަކު ރާއްޖެ އެތެރެވެ އޭގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށެވެ

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް މިދިޔަ ސަރުކާރުން ހާއްސަ ޕްރޮގުރާމެއް ފެށިއެވެ. އަދި 5000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށްވެސް ފޮނުވިއެވެ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *