ޔޫރަޕިއަން ޗެމްޕިއަންސްލީގު: (މާރޗް 10، 2022 )، ޗެމްޕިއަންސްލީގު ގަދަ ސޯޅައިގައި ސިޓީ އާއި ރިއާލް ކުޅުނު މެޗުތަކުން މޮޅުވެ މުބާރާތުގެ ގަދަ އަށަކަށް ދަތުރު ކޮށްފިއެވެ. ރިއާލް އާއި ޕީއެސްޖީ ބައްދަލު ކުރިމެޗުގައި ފުރަތަމަ ހާފުގައި ނޭމާ ތަނަވަސް ކޮށްދިން ފުރުސަތަކުން އެމްބާޕޭ ލީޑު ނެގީ 39 ވަނަ މިނެޓުގައެވެ. މިހާފުގައި ދެޓީމަށް ވެސް ގޯލުޖަހަން ފުރުސަތު ލިބި ބޭކާރު ވެފައި ވެއެވެ. އަދި ހަމަ ސިޓީ އާއި ސްޕޯޓިން ކުޅުނު މެޗުގައި ފުރަތަމަ ހާފު ނިމުނީ އެއްވެސް ކޮޅަކަށް ލަނޑެއް ކާމިޔާބު ނުވެއެވެ. ރަހީމް ސްޓާލިން އަށް ލިބުނު ރަނުގެ ފުރުސަތެއް ވަނީ ބޭނުން ނުހިފިއެވެ.
ދެވަނަ ހާފުގައި ޕީއެސްޖީ ގެ ކީޕަރު ގެ ބޮޑު މިސްޓޭކެއްގެ ފައިދާ ނަގާ ބެންޒެމާ ވަނީ 70 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑާ އެކު ރިއާލް ގެ ކުޅުން ވަރަށް ރަނގަޅު ކޮށް ޕީއެސްޖީ އަށް ބާރު ބޮޑު ކުރަމުން ދިޔައެވެ. ނަތީޖާ އެއްގެ ގޮތުން 72 ވަނަ މިނެޓުގައި ވިނިސިސް ޖުނިއަރ އަށް ލީޑު ނަގަން ލިބުނު ހުސް ފުރުސަތެއް ވަނީ ބޭނުން ނުހިފި ދަނޑި މަތިން ބޭރަށް ގޮސްފައެވެ. އަދި 76 އަދި 78 ވަނަ މިނެޓުގައި ބެންޒަމާ ދެ ގޯލުޖަހާ ހެޓްރިކް ހެދިއެވެ. ދެގޯލުގައި ވެސް ޑިފެންޑަރ މަކީނޯސް ގެ މިސްޓޭކް ފާހަގަ ކުރެވުނެވެ. މި މޮޅާއި އެކު 3-1 ގެ އެގްރިގޭޓުން ކުރި ލިބުނީ ރިއާލް އަށެވެ.
ސިޓީ އަށް ފުރަތަމަ ލެގުން 5-0 ގެ ބޮޑު ލީޑެއް ލިބިފައި ވުމާއެކު ވަރަށް ހަމަޖެހިގެން ކުޅުމުގެ ފުރުސަތު ލިބިފައި މުޅި މެޗުގެ ކޮންޓްރޯލް ނަގާ ކުޅެމުން ދިޔައެވެ

ކިޔުންތެރިންގެ ޚިޔާލުތައް
މި ނޫހުން ކުޅިވަރުގެ ޚަބަރުތައް ވަރަަށް ފުރިހަމައަށް ގެނެސްއެބަދޭ. ޝުކުރިއްޔާ!