ސިނަމާލެ ބްރިޖުގައި މަސައްކަތެއް ކުރުމަށް ޓަކައި ބްރިޖުގެ އެއް ލޭން މިރޭ ދެގަޑިއިރަށް ބަންދުކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ބަންދުކުރާނީ މާލެ އިން ހުޅުމާލެ އަށް ދަތުރުކުރާ ފަޅިކަމަށެވެ. އެ ލޭން ބަންދުވާނީ މިރޭ 1:00 އިން ފެށިގެން ދެ ގަޑިއިރަށްކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބްރިޖުގެ އެ ފަޅި ބަންދުކޮށްފައި ބާއްވަން ޖެހޭ ދެގަޑިއިރު، އަނެއް ފަޅިން ދެކޮޅަށް ދުއްވޭ ގޮތަށް ހަދާނެ ކަމަށެވެ. މިގޮތަށް ހެދުމުން މާލެއިން ހުޅުމާލެއަށް ވެސް ދަތުރުކުރެވޭނެ އެވެ.
އެ ދެ ގަޑިއިރު ބްރިޖުގައި ދަތުރުކުރާއިރު ފުލުހުން ދޭ އިރުޝާދަށް އަމަލުކުރުމަށް ވެސް ފުލުހުންވަނީ އެދިފައެވެ.
މިހާރު ވެސް މެއިންޓެނެންސް މަސައްކަތަށް ދޭތެރެ ދޭތެރެއިން ބްރިޖުގެ ލޭންތައް ބަންދުކުރެއެވެ.
